ads
ސައުދީގެ އާ ސަފީރުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. - ފޮޓޯ: ރައީސް އޮފީސް
ސައުދީ ސަރުކާރުން ރާއްޖެއަށް އާ ސަފީރެއް އައްޔަންކުރައްވައިފި
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތޯނީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.
Advertisement

ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އޭގެ ތެރެއިން ސައުދީން ރާއްޖެ އަށް ދެމުން އަންނަ އެއްބާރުލުމާއި ބަހައްޓާ އަހުވަންތަ ގުޅުމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

އަދި ހައްޖުވެރިންނަށް އެތައް ތަކުލީފެއް ލުއިވި މައްކާ ރޫޓް އިނީޝިއޭޓިވްގައި މިއަހަރު ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ދިނުމުން ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއިން ލިބުނު ހޫނު މަރުހަބާ ފާހަގަ ކުރައްވައި ސަފީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި ދެ ގައުމުގެ ގުޅުންތައް ވަރުގަދަކޮށް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާނެ ކަމުގައި ސަފީރު ވަނީ ވިދާޅުވެފަ އެވެ.

ސައުދީ ސަފީރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މަތުރެކް ބިން އަބްދުالله އަލް އަޖަލިން އަލް ދޮސާރީގެ ދައުރު ހަމަވުމުންނެވެ.

ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން އުފެދުނީ 17 މާޗު 1981 ގަ އެވެ. އެ ގުޅުމަށް މި އަހަރު ވަނީ 44 އަހަރު ފުރިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް