މިގޮތުން މި ހަފްތާގައި ކަމީލާ ބޭރަށް ނުކުމެ ވަޑައިގަތުމުން ބައެއް ނޫސްތަކުން ވަނީ އެކަމަނާގެ ފޮޓޯތައް ނަގައި ވަކިވަކިން އެކަމަނާ ތުރުކުރައްވާފައި ހުރި ހެދުމުގެ ކޮންމެ ބަޔަކާ ގުޅޭގޮތުން ތަފާތު ވާހަކަތައް ފަތުރާފައެވެ.
އެންމެ ފަހުން ކަމީލާ ބޭރަށް ނުކުމެ ވަޑައިގަތްއިރު ހުންނެވީ ކަނޑު ނޫކުލައިގެ ކޯޓެއް ތުރުކުރައްވައިގެނެވެ. މިއީ ކަނޑު ނޫކުލައިގެ ހެދުމެއް އެކަމަނާ މި ހަފްތާތެރޭގައި ތުރުކުރެއްވި ދެވަނަ ފަހަރެވެ.
މިފަހަރު ހުންނެވީ ކޯޓާއި ތޮތްޕާއި އަތުގައި އޮތް ދަބަސް ވެސް ކަނޑު ނޫކުލައިން ތުރުކުރައްވައިގެނެވެ.
ރާނީ ކަމީލާ