ads
މަސްވެރިއެއް
6 އަހަރު ތެރޭ މިފްކޯއަށް 1000 މިލިއަން ރުފިޔާގެ ގެއްލުން
2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް، މިފްކޯއަށް 1072 މިލިއަން ރުފިޔާގެ ސާފު ގެއްލުން ވެފައިވާކަމަށް މިފްކޯގެ ހާއްސަ އޮޑިޓުން ދައްކައިފިއެވެ.

އޮޑިޓަ ޖެނެރަލް ހޯމަ ދުވަހު ނެރުއްވި މިފްކޯގެ، ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގައި މިފްކޯއިން އަމަލު ކޮށްފައިވާ ގޮތުގެ ހާއްސަ އޮޑިޓުން އެނގޭ ގޮތުގައި 2016 ވަނަ އަހަރުން 2021 ވަނަ އަހަރަށް މިފްކޯއަށް އެކަމުން 1072 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ.

މި ރިޕޯޓުގައި އޮޑިޓަ ޖެނެރަލް ބައްލަވާފައިވަނީ އެ މުއްދަތުގެ ތެރޭގައި މިފްކޯއަށް ލިބުނު އާމްދަނީއާ އެ ކުންފުނިން ކުރި ހަރަދުތަކަށް ބަލައި ކުންފުނީގެ މާލީ ހާލަތެވެ.

އޮޑިޓްކޮށްފައިވާ މުއްދަތުގެ ތެރޭގައި މިފްކޯއަށް 6935 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވިޔަސް އެ މުއްދަތުގެ ތެރޭގައި މިފްކޯގެ ހަރަދު 1072 މިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. 

މިފްކޯއަށް ބޮޑު ގެއްލުމެއްވަމުންދިޔަ ސަބަބުތަކުގެ ތެރޭގައި މަސް ގަތުމަށް ސަރުކާރުން ކަނޑައަޅާ ރޭޓަކީ ބޭރުގެ މާކެޓަށް މަސް ވިއްކެން ހުންނަ ރޭޓަށް ބަލާއިރު މާ ބޮޑު އަގަކަށްވުމާއި ކުންފުނީގެ ހިންގުމުގެ ހަރަދު ބޮޑުވުން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައިވަނީ މިފްކޯގެ ގިނަ މައްސަލަތެއް ފާހަގަކޮށްފައެވެ. އަދި އެކަންކަން އިސްލާހު ކުރުމަށް އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއި ކުރައްވާ ނެރުނު ރިޕޯޓުގައި ލަފާ ދެއްވާފައިވެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް