ads
އެމެރިކާއަށް ވަޑައިގެންނެވި 3 ފަނޑިޔާރުން
އަންހެން ޖަޖުންގެ ކޮންފަރެންސްގެ ބައިވެރިން އެމެރިކާއަށް
އަންހެން ފަނޑިޔާރުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އަންހެން ތިން ފަނޑިޔާރުން އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.

ޔުނައިޓެޑް ސްޓޭޓްސް ޑިޕާޓްމެންޓް އޮފް ޖަސްޓިސްގެ ފަރާތުން ބާއްވާ މި ކޮންފަރެންސަކީ 44 ވަނަ ނޭޝަނަލް އެސޯސިއޭޝަން އޮފް ވިމަން ޖަޖަސް ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގައި ރާއްޖޭން ބައިވެރިވެވަޑައިގަންނަވާ ތިން އަންހެން ފަނޑިޔާރުންނަކީ ހައިކޯޓުގެ ފާތިމަތު ފަރުހީޒާއާއި، ޖުވެނައިލް ކޯޓުގެ މަރްޔަމް ތާއިފާ އަދި ސިވިލް ކޯޓުގެ ޒުލައިހާ ޝީޒާއެވެ.

44 ވަނަ ނޭޝަނަލް އެސޯސިއޭޝަން އޮފް ވިމަން ޖަޖަސް ކޮންފަރެންސް އޮންނާނީ މި މަހުގެ 19 އިން 22 އަށް އެމެރިކާގެ މިޝިގަންގައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް