ads
ހޮޅުދޫއަށް އުދައަރާފައި---
ހޮޅުދޫއަށް އުދައަރާތާ ތިން ދުވަސް، ފެން ލޮނުވެ ބޭނުން ވެސް ނުކުރެވޭ!
ނ. ހޮޅުދޫއަށް އުދައަރާތާ ތިން ރޭވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ހޮޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ނަސީރު ވިދާޅުވީ، ފާއިތުވި ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި ހަތް ދުވަހު ރަށަށް އުދަ އަރާފައިވާ ކަމަށެވެ. އެގޮތުން ޖެހިޖެހިގެން އުދައަރާތާ މިހާރު ތިން ރޭވެފައިވާކަން ފާހަގަކުރައްވަމުން ނަސީރު ވިދާޅުވީ، ރޭ ވެސް 10:00 އިން ފެށިގެން ދަންވަރު 3:00 އަށް އުދަ އެރި ކަމަށެވެ. 

ނަސީރު ވިދާޅުވީ ރަށުގެ އިރުމަތީ ފަރާތުން އުދައަރާއިރު، އެ ސަރަހައްދުގައި 20 ވަރަކަށް ގޭގައި މީހުން ދިރިއުޅޭ ކަމަށެވެ. އެގޮތުން ކޮންމެ ރެއަކު ވެސް ނުނިދާ ރަށުގެ ރައްޔިތުން އުޅެން ޖެހެނީ ގޭގެއަށް ލޮނުވަނުމުން ސަލާމަތް ކުރުމަށްޓަކައިކަން ފާހަގަކުރައްވާ ނަސީރު ވިދާޅުވީ ރޭ ވެސް ވެލިބަސްތާ އާއި 15 ގޭގެ ދޮރުގައި ފިލާ ޖަހާފައި ވާކަމަށެވެ. 

ގެތަކަށް ލޮނުވަންނާތީ ވެލި ބަސްތާއި ފިލާ ޖަހާފައި--

"އުދައަށް ކިޔާވަރަށް ވުރެ ބޮޑެތި ރާޅު ޖަހަނީ ރަށުގެ ތެރެއަށް،" ނަސީރު ވިދާޅުވި އެވެ.

ނަސީރު އިތުރަށް ވިދާޅުވީ މިހާރު ރަށުގެ އިރުމަތީ ފަރާތުގެ ފެން ވެސް ބޭނުން ނުކުރެވޭ ވަރަށް ލޮނުވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި އުޅޭ މީހުން، ރީތި ފެން ހޯދަން ދާން ޖެހެނީ އެހެން ސަރަހައްދަކަށްކަން ވެސް ފާހަގަކުރެއްވި އެވެ.

ހޮޅުދޫގެ އިރުމަތީ ފަރާތް ގިރާފައި--

އޭގެ އިތުރުން ނަސީރު ވިދާޅުވީ، ރަށުގެ އިރުމަތީ ފަރާތުގައި ރިވެޓްމެންޓް ޖަހާފައި ނޯންނާތީ އެ ސަރަހައްދުގެ ބޮޑު ބައެއް ގިރާފައިވާކަމަށެވެ. އެގޮތުން ވިދާޅުވީ އެ ސަރަހައްދުގެ ގަސްތަކާއި ރުއްތައް ވެސް މޫދަށް ވެއްޓޭ ވަރަށް އިރުމަތީ ފަރާތް ގިރާފައިވާ ކަމަށެވެ. 

ނަސީރު ވިދާޅުވީ، ކުރިން ވެސް އެކަން އެންވަޔަރަމަންޓް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް މިހާރު ވެސް އެކަން ވަރަށް ބޮޑަށް ކުރިމަތިވަމުންދާތީ މިއަދު އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމަންޓަށް އެކަން އެންގުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

4%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
96%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް