ads
ރިވާ އަރޯރާ
12 އަހަރުގެ ރިވާ އަދި 38 އަހަރުގެ ކަރަން ލޯބީގެ ލަވައަކަށް، ފާޑުކިއުންތައް ބޮޑު
އުމުރުން އެންމެ 12 އަހަރުގެ ރިވާ އަރޯރާ، އުމުރުން 38 އަހަރުގެ ކަރަން ކުންދާރް އާއު އެކު ލޯބީގެ ލަވައެއް ކުޅުމުން ބޮލީވުޑްގެ ފޭނުންގެ ގިނަބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

މި ލަވައިގައި 12 އަހަރުގެ ރިވާ ދައްކާފައިވަނީ ބޮޑު މީހެއްގެ ގޮތުގައެވެ. 

މި މައްސަލައިގައި އެތައްބަޔަކު ފާޑުކިޔަމުން ދާއިރު، ފާޑުކިޔާ މީހުންގެ ތެރެއިން ގިނަބަޔަކު ބުނަނީ މިއީ ކުޑަކުއްޖަކަށް ޖިންސީގޮތުން ކުރެވޭ ގޯނާއެއް ކަމަށެވެ. 

ރިވާ އެންމެ ފުރަތަމަ ފެނިފައިވަނީ 'ޕަވިޓްރާ ބާގްޔާ' ކިޔާ ސީރީޒްއެއްގައި އުޅޭ ދެމަފިރިންގެ ދަރިއެއްގެ ގޮތުގައެވެ. 

މި ލަވައާއި ގުޅިގެން ބައެއް މީހުން އަންނަނީ ރިވާއަށާއި އޭނާގެ ބެލެނިވެރިންނަށް އަދި ލަވަ އުފެއްދި މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ބައެއް މީހުން ބުނާ ގޮތުން އޭނާގެ ބެލެނިވެރިން ވަނީ އޭނާ ކުޑައިރު ބޮޑު މީހެއްގެ ސިފަޖެއްސުމަށް ހޯމޯން އިންޖެކްޝަން ފަދަ ތަކެތިވެސް ޖަހާފައެވެ. 

ތުހުމަތުތަކާ ގުޅޭގޮތުން ރިވާ އަދި އޭނާގެ އާއިލާއިން ވެސް އެއްވެސް އެއްޗެއް އަދި ނުބުނެއެވެ. 

ޒީ މިއުޒިކްގެ މި ލަވައަށްފަހު ރިވާއަށް ފިލްމީ އިންޑަސްޓްރީން ގިނަ ފުރުސަތުތަކެއެއް ލިބެމުން އަންނަކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. 

45%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
45%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް