ads
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
އަންދާޒާ ކުރިވަރަށް ވުރެ އިތުރަށް ޖޫރިމަނާގެ ފައިސާ ދައުލަތަށް ލިބިއްޖެ
ޖޫރިމަނާގެ ފައިސާގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ އިތުރަށް ދައުލަތަށް ޖުރިމަނާގެ ގޮތުގައި ފައިސާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި އަހަރުން ފެށިގެން މި އަހަރުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ ޖޫރިމަނާގެ ގޮތުގައި، 199 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ، 171.9 މިލިއަން ރުފިޔާ އެވެ. 

ދައުލަތުން މި އަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ، 62.4 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް ދައުލަތަށް މި އަހަރު ވަނީ ޖޫރިމަނާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. 

އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 27.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

ޖޫރިމަނާ ކޮށްގެން ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނަގާ ކަމަށް ބުނެ، ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުން ދާއިރު، ސަރުކާރުން 2018 ވަނަ އަހަރު ވެރިކަމަށް އައި، ޕާކު ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ބުނެ އެވެ. އެހެން ނަމަވެސް އަދިވެސް ސްޓިކާ ޖަހަމުން ގެންދާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް