ޑީ ޓިއުން ބޭންޑަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބުނީ ރޭ އޮތް ގައުމީ އިނާމް ދިނުމުގެ ހަފްލާގައެވެ. އެތައް ދިވެހިންނެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ޑީ ޓިއުން ބޭންޑަށް ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުއެވެ.
ޑީޓިއުން އަކީ ގެ ފެޒޫ. ފުޖީ، އައްމަޑޭ، އައްޔަ އަދި ފާތިހު ކިޔާ ފަސް ޒުވާނުން ހިމެނޭ ބޭންޑެކެވެ. ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭގައި ދިވެހިންގެ މެދުގައި އެންމެ ބޮޑު މަގްބޫލް ކަމެއް ހޯދި އެއް ބޭންޑަކީ މިއީއެވެ.