ads
ރަންބީރު އަދި ޕަރްނީތީ
ރަންބީރާއެކު ފިލްމު ނުކުޅުނު ސަބަބު ޕަރްނީތީ ޗޯޕްރާ ހާމަކޮށްފި
ރަންބީރާއެކު 'އެނިމަލް' ކިޔާ ފިލްމު ކުޅެން ދެކޮޅު ހެދި ސަބަބާ ގުޅޭގޮތުން އަރަމުން އަންނަ ބޮލީވުޑްގެ ފިލްމީތަރި ޕަރްނީތީ ޗޯޕްރާ ވާހަަކަ ދައްކައިފިއެވެ.
Advertisement

'އެނިމަލް' އަކީ ސަންދީޕް ރެއްޑީ ވަންގާ ގެ ޑައިރެކްޓުކުރާ ފިލްމެކެވެ. މި ފިލްމުގެ މެއިން ރޯލަށް ޕަރްނީތީ އަށް ފުރުސަތު ދިނުމުން އޭނާގެ ފޭނުން ތިބީ ރަންބީރާއެކު އޭނާ ލީޑް ރޯލް ކުޅޭ މަންޒަރު ބަލަން ކެތް މަދުވެފައެވެ. ނަމަވެސް އެ ރޯލު ކުޅެން ދެކޮޅު ހެދި ނަމަވެސް އޭނާ އެ ފިލްމުނުކުޅެން ނިންމި ސަބަބާމެދު މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ޕްރިނީތީ މި ރޯލު ނުކުޅުމުން އެ ރޯލު މިހާރު ދީފައިވަނީ ރަޝްމިކާ މަންޑަނާ އަށެވެ. 

ނަމަވެސް އެންމެ ފަހުން ޕަރްނީތީ މިވަނީ 'އެނިމަލް' ނުކުޅުނު ސަބަބާ ގުޅޭގޮތުން މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް 'އިންޑިއާ ޓުޑޭ' އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައައިވަނީ "މިފަދަ ކަންކަން ދިރިއުޅުމުގައި ދިމާވާނެ. އެއީ ދިރިއުޅުމުގެ ބައެއް،" ކަމަށެވެ. 

"ކޮންމެ މީހަކުވެސް އެމީހަކަށް ރަނގަޅުގޮތަކަށް ކަންކަން ނިންމޭނެ،" ޕަރްނީތީ ބުނެފައިވެއެވެ. 

"އެނިމަލް" އަކީ ގޭންގް ސްޓާ އާއިލާއަކާއި ގުޅޭ ފިލްމެކެވެ. ފިލްމުގެ ގިނަ މަންޒަރުތަކެއް ދިއްލީގައި ނެގުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އޭނާ ފިލްމު ނުކުޅުނީ ރަންބީރު ދެކެ ހިތްހަަމަ ނުޖެހިގެން ކަމަކަށް ނުބުނެއެވެ. މިހެންކަމުން ބޮޑަށް ބެލެވެނީ ޕަރްނީތީ ހިތްހަމަނުޖެހުނި ފިލްމުގެ ޕްލޮޓާ މެދުއެވެ. 

36%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް