ads
އިންޑޮނޭޝިއާގައި ކެއްސާތީ ބޯ ބޭސް ބޭނުންކުރި 206 ކުޑަކުއްޖަކަށް ދަނީ ކިޑްނީ ބައްޔަށް ފަރުވާދެމުން
އިންޑޮނޭޝިއާ އިންވެސް 99 ކުދިން މަރު، ކެއްސާތީ ބޯ ބޭހުގެ ހުރިހާ ބާވަތެއް މަނާކޮށްފި
އިންޑޮނޭޝިއާގައި ކެއްސާތީ ބޯ ބޭސް ބޭނުންކުރި 99 ކުޑަކުދިން މަރުވެ، 200 އަށްވުރެ ގިނަ ކުދިން ކިޑްނީ ބައްޔަށް ފަރުވާކުރަންޖެހިފައިވާތީ އެ ބޭހުގެ ހުރިހާ ބާވަތެއް އެގައުމުގައި މަނާކޮށްފި އެވެ.

ކެއްސާތީ ބޯ ބޭސް އުފައްދާ އިންޑިއާ ކުންފުނި މެއިޑަން ފާމަސިއުޓިކަލްސް އިން ތައްޔާރުކޮށްފައިވާ ކެއްސާތީ ބޯ ބޭސް ބޭނުންކުރި އެފްރިކާގެ 77 ކުޑަކުއްޖަކު ވަނީ މިމަހުގެ ކުރީކޮޅު މަރުވެފައެވެ. 

އެކަމާއި ގުޅިގެން އެ ކުންފުނިން އުފައްދާ ކެއްސާތީ ބޯ ބޭސް ބޭނުންކުރުން ޑަބްލިއުއެޗްއޯއިން މަނާކޮށްފައިވަނިކޮށް، އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީން ބުނެފައިވާގޮތުން އިންޑޮނޭޝިއާގައި އުފައްދާފައިވާ ކެއްސާތީ ބޯ ބޭސް ބޭނުންކުރި 99 ކުޑަކުއްޖަކުވެސް ވަނީ މަރުވެފަ އެވެ. އަދި 206 ކުއްޖެއްގެ ކިޑްނީ މައްސަލަތައް ދިމާވެ ފަރުވާކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅިގެން އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ކެއްސާތީ ބޭނުންކުރާ  ހުރިހާ ސިރަޕްތަކާއި އެހެން ބަލިތަކަށް ބޭނުންކުރާ ދިޔާ ބޭސްތައް ބޭނުންކުރުން ވެސް އެގައުމުގައި މަނާކޮށްފަ އެވެ.

އިންޑޮނޭޝިއާގެ ހެލްތު މިނިސްޓަރު ވިދާޅުވީ ގޭމްބިއާގައި ބޭނުންކުރި ބޭސްތަކުން ފެނުނު ވިހަ މާއްދާތައް އެގައުމުގައި ބޭނުންކުރާ ބައެއް ބޭސްތަކުން ވެސް ފެނިފައިވާ ކަމަށެވެ.

އިންޑޮނޭޝިއާގައި މިހާތަނަށް ޖުމްލަ 99 ކުދިން މަރުވެފައިވާއިރު، ޖެނުއަރީ މަހުން ފެށިގެން ކެއްސުމަށް ބައެއް ބާވަތުގެ ބޭސް ބޭނުންކުރުމުގެ ސަބަބުން ކިޑްނީއަށް ލިބުނު ސީރިއަސް އަނިޔާ، އެޓިޕިކަލް ކިޑްނީ އެކިއުޓް (އޭކޭއައި) 206 ކުދިންނަށް ވަނީ ޖެހިފަ އެވެ. 

އިންޑޮނޭޝިއާގެ ހޮސްޕިޓަލްތަކަށް ކޭއައި ޖެހިގެން ހާޒިރުކުރާ ކުދިންގެ އަދަދު މަހަކު 70 އަށް އަރާފައިވާ ކަމަށް އެގައުމުން ބުނެއެވެ. އެގައުމުގެ ހެލްތު މިނިސްޓަރު ސާޑިކިން ވިދާޅުވީ އިންޑޮނޭޝިއާގައި ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ކޮންމެ މަހަކު ކިޑްނީ ފެއިލްވުމުގެ 70 ކޭސް ފެނިފައިވާ ކަމަށެވެ. 

އިންޑޮނޭޝިއާގައި މަރުވި ކުދިން ބޭނުންކުރި ކެއްސާތީ ބޯ ބޭހުގެ ބްރޭންޑުތަކާއި ބާވަތްތައް ދެނެގަތުމުގެ ތަހުލީލުތައް އެގައުމުން ކުރަމުންދާއިރު،  ދިޔާ ބޭހުގެ އަދި ސިރަޕުގެ ހުރިހާ ބާވަތެއްގެ ބޭހެއް ބޭނުންކުރުން އެގައުމުގައި މަނާކުރި ވަގުތީ ގޮތުން ނެވެ. 

މި ބޭސްތައް ބޭނުންކުރުން ވަގުތީގޮތުން އިންޑޮނޭޝިއާގައި މަނާކުރިއިރު، ގެމްބިއާގައި މަރުވި ކުދިންގެ ކޭސްތަކާއި ގުޅިގެން ބޭނުންކުރުން ރައްކާތެރި ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާތަނަށް ފާހަގަކޮށްފައިވަނީ އިންޑިއާގެ ފެކްޓްރީގައި އުފެއްދި ހަތަރު ބޭހެކެވެ. އެއީ:

  1. ޕްރޯމެތަޒައިން އޯރަލް ސޮލިއުޝަން
  2. ކޯފެކްސްމެލިން ބޭބީ ކޯފް ސިރަޕް
  3. މޭކޯފް ބޭބީ ކޯފް ސިރަޕް
  4. މެގްރިޕް އެން ކޯލްޑް ސިރަޕް އެވެ.

އދ.ގެ ސިއްހީ އިދާރާއިން ބުނީ މެއިޑަންގެ މި ހަތަރު ބޭހުގެ ތަހުލީލުތަކުން ދައްކާގޮތުގައި، އެ ދެ ބޭހުގައި ޑައިތައިލީން ގްލައިކޮލް އާއި އެތިލިން ގްލައިކޮލް މަތީ މިންވަރަކަށް ބޭނުންކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ވިހަވެ، ކިޑްނީއަށް ސީރިއަސް އަނިޔާއެއް ލިބިދާނެ ކަމަށެވެ.

އެ ބޭސްތައް އުފެއްދި އިންޑިއާގެ ފެކްޓްރީ މިހާރު ވަނީ ހުއްޓުވާފައެވެ. 

0%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
93%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް