ads
ބޭނުން ކުރުން މަނާ ކުރި ބޭސްތައް
69 ކުޑަކުދިންގެ މަރާއި ގުޅިގެން އިންޑިއާ ބޭސް ފެކްޓްރީ ހުއްޓުވައިފި
ގެމްބިއާގެ 69 ކުޑަކުއްްޖެއްގެ މަރާއި ގުޅިގެން ބެލިބެލުންތަކަށްފަހު، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ މެއިޑެން ފާމަސޫޓިކަލް ކުންފުނީގެ މައި ފެކްޓްރީ ހުއްޓުވަައިފި އެވެ.

ގެމްބިއާގައި މަރުވި 69 ކުއްޖެެއް މަރުވެފައިވަނީ، އިންޑިއާގެ މެއިޑެން ފާމަސޫޓިކަލް ކުންފުނިން އުފައްދާ ކެއްސާތީ ބޯ ބޭސް ބޭނުންކުރުމުގެ ސަބަބުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ލަފާކޮށްފަ އެވެ. އަދި އެ ބޭސް ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މި މަހު ހަތަރު ފަހަރެއްގެ މަތިން ހަރިޔާނާ ސްޓޭޓްގައި ހުންނަ މެއިޑަންގެ މައި ފެކްޓްރީ ބަލައި ފާސްކޮށް ބުނީ "އުފެއްދުމާއި ޓެސްޓް ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން" ގަވާއިދުތަކާ ހިލާފަށް ބޭސް އުފައްދައި ޓެސްޓް ކުރަމުން އަންނަކަން ފާހަަގަކުރެވިގެން އެ ކުންފުނީގެ ހުރިހާ އުފެއްދުންތަކެއް މިހާރު ހުއްޓުވާފައިވާނެ ކަމަށެވެ. 

ބޭނުންކުރުން ރައްކާތެރި ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކޮށްފައިވަނީ ހަތަރު ބޭހެކެވެ. އެއީ:

  1. ޕްރޯމެތަޒައިން އޯރަލް ސޮލިއުޝަން
  2. ކޯފެކްސްމެލިން ބޭބީ ކޯފް ސިރަޕް
  3. މޭކޯފް ބޭބީ ކޯފް ސިރަޕް
  4. މެގްރިޕް އެން ކޯލްޑް ސިރަޕް އެވެ.

އދ.ގެ ސިއްހީ އިދާރާއިން ބުނީ މެއިޑަންގެ މި ހަތަރު ބޭހުގެ ތަހުލީލުތަކުން ދައްކާގޮތުގައި، އެ ދެބޭހުގައި ޑައިތައިލީން ގްލައިކޮލް އާއި އެތިލިން ގްލައިކޮލް މަތީ މިންވަރަކަށް ބޭނުންކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ވިހަވެ، ކިޑްނީއަށް ސީރިއަސް އަނިޔާއެއް ލިބިދާނެ ކަމަށެވެ.

ގެމްބިއާގައި މަރުވި 69 ކުދިން މަރުވެފައިވަނީ ކިޑްނީގެ މައްސަލަތަަކެއް ދިމާވެގެން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް