ads
ހިރިމަރަދޫ (ފޮޓޯ ފޭސްބުކް)
ހިރިމަރަދޫ ކައުންސިލްގެ އޮޑިޓުންވެސް ގޯސްތަކެއް
ހދ. ހިރިމަރަދޫ ކައުންސިލުން އެންޓި ކޮރޮޕްޝަން ކޮމިޝަންގެ ހުއްދަ ނެތި ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ގުޅުންހުރި ފަރާތްތައް މެދުވެރިކޮށް ވިޔަފާރި ކޮށްފައިވާކަން ހިރިމަރަދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއި ކުރައްވާ ނެރެފައިވާ ހިރިމަރަދޫ ކައުންސިލްގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކައުންސިލް މެމްބަރެއްގެ އާއިލީ ފަރާތަކުން ހިދުމަތް ހޯދާފައިވަނީ އޭސީސީގެ ހުއްދަ ހޯދުމެއްނެތިއެވެ. 

ފުޓުބޯޅަ ދަނޑުގައި ވިނަ ހައްދައި ބެލެހެއްޓުމާއި، ކައުންސިލް އިދާރާއިން ހިންގާ ގުރުއާން ކްލާހުގެ ޓީޗަރަށް ކާން ދިނުމަށް ކޮންޓްރެކްޓަރަކާއި ހަވާލު ކޮށްފައިވާއިރު ކައުންސިލް މެމްބަރަކީ އެ ހަވާލުކުރި ކޮންޓްރެކްޓަރުގެ ދަރިފުޅުކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަން ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ހިރިމަރަދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު ކަންކަން ރަނގަޅު ކުރުމަށް އޮޑިޓަ ޖެނެރަލްވަނީ ލަފާ ދެއްވާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް