ads
އޭޖީ އިބްރާހީމް ރިފްއަތު
އިމުގެ މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލެއްނުވޭ: އޭޖީ އޮފީސް
ރާއްޖޭގެ އެންމެ ދެކުނުން، ރާއްޖޭގެ އިކޮނޮމިކް ޒޯން ސަރަހައްދު ކަނޑައަޅައިދިނުމަށް އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ކަނޑުގެ ގާނޫނާ ބެހޭ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށަހަޅާފައިވާ މައްސަލާގައި ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލު ނުވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މި މައްސަލަ ބައިނަލްއަގްވާމީ ކަނޑުތަކާއި ބެހޭ ޓްރައިބިއުނަލްއަށް، ޔޫއެން ކޮންވެންޝަންގެ ދަށުން ހުށަހަޅާފައިވާއިރު، ފުރަތަމަ ބުރުގެ ހިއަރިންތަކުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ، އޮގަސްޓުގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައި ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

އޭޖީގެ މި ސްޓޭޓްމަންޓާއެކު ބައެއް ފަރާތްތަކުން ވަނީ ރާއްޖޭން ވޯޓު ދޭ ގޮތް ބަދަލުކުރަން ނިންމީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވެ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެހެން ނަމަވެސް ސަރުކާރުން ބުނީ ކަނޑުގެ ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލާގައި ސަރުކާރުގެ ސްޓޭންޑު ބަދަލު ނުވާ ކަމަށެވެ.

"މި މައްސަލައިގެ ސްޑޭންޑެއް ބަދަލެއް ނުވޭ. ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން މި ތިބީކީ" އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން ރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް