އެގޮތުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިންމުމަށްފަހު ރިވެޓްމެންޓް މަސައްކަތުގެ 93 އިންސައްތަ ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.
ޖުމްލަ 113.3 މިލިއަން ރުފިޔާއަށް މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރީ، އެއް އަހަރު ދުވަހުގެތެރޭ ނިންމާގޮތަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެެވެ.
އެ މަޝްރޫއުގެ ބޭނުމަކީ ބަނދަރަކާއެކު ކޯލްޑް ސްޓޯރޭޖުގެ ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމެވެ.
މި މަޝްރޫއުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.
އަދި، 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.