ads
ޖަޕާން ސަފީރު އަދި އޮމަދޫ ސްކޫލް ޕްރިންސިޕަލް
އޮމަދޫ ސްކޫލަށް ޖަޕާނު ސަރުކާރުގެ ބޮޑު އެހީއެއް
އދ. އޮމަދޫ ސްކޫލްގެ މަސައްކަތަށް ޖަޕާން ސަރުކާރުން 1.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދީފިއެވެ.

މިއީ ޖަޕާނުން ކުރިއަށްގެންދާ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް، ޖީ.ޖީ.ޕީ ސްކީމުގެ ދަށުން ދީފައިވާ އެހީއެކެވެ.

އެހީ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރައްޖޭގައި ހުންނަވާ ޖަޕާން ސަފީރު ތަކެއުޗި މިދޮރިއެވެ. އޮމަދޫ ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ، އެ ސްކޫލުގެ ޕްރިންސިޕަލް ޙަސަން އާމިރެވެ.

ޖީ.ޖީ.ޕީ ސްކީމުގެ ދަށުން ޖަޕާނުން ވަނީ އޮމަދޫ ސްކޫލް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ޖުމްލަ 80،731 އެމެރިކާ ޑޮލަރު ނުވަތަ 1.2 މިލިއަން ރުފިޔާ ހިލޭ އެހީގެގޮތުގައި ފޯރުކޮށްދީފައެވެ. މި އެހީގެ ދަށުން އޮމަދޫ ސްކޫލުގައި ކްލާސްރޫމަކާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ފާހާނާއެއް އިމާރާތް ކުރާނެއެވެ. އަދި އޮމަދޫ ސްކޫލުގެ ކްލާސްރޫމްތަކަކީ ދަރިވަރުންނަށް ރައްކާތެރި، ކިޔެވުމަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކާ ގެންނަންޖެހޭ ބަދަލުތައް ގެނެވިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް