ads
އަމޯ ހާޖީ:
ދުނިޔޭގެ އެންމެ މުޑުދާރު މީހާ، ފެންވެރިފަހުން މަރުވެއްޖެ
ދުނިޔޭގެ އެންމެ މުޑުދާރު މީހާ ފެންވެރިތާ ހަފްތާތަކެއް ފަހުން އޭނާ މަރުވެއްޖެއެވެ.

އޭނާ މަރުވިއިރު އުމުރަކީ 94 އަހަރެވެ. އެނާ މަރުވީ ފެންނުވަރާ އެތައް އަހަރެއް ހޭދަކުރުމަށްފަހު އޭނާ ފެންވެރިފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. 

އަމޯ ހާޖީ ގެ ނަމުން އީރާންގައި މަޝްހޫރު މި މީހާ މަރުވުމުގެ ކުރިން ފެންވަރާފައިވާއިރު، އޭނާ ފެންނުވަރާ 50 އަހަރަށްވުރެ ގިނަ ދުވަހު އުޅުނުކަމަށް ރިޕޯޓުތައް ބުނެއެވެ. 

މީނާއަކީ ފެން ނުވެރުމުގެ އިތުރުން، މަގުމަތީގައި މަރުވެފައި ހުންނަ ކުނި ޖަނަވާރުތައް ކެއުމާއި، ޖަނަވާރުގެ ބޮޑުކަމުދާތަކެތިން ސިނގިރޭޓު ފަދަތަކެތި ހަދައިގެން ބޮއެ އުޅުނުމީހެކެވެ. 

ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އޭނާ ދިރިއުޅުނު ސަހަރުގެ މީހުންގެ ޕްރެޝަރާއި ހެދި އޭނާ ފެންވަރާފައިވާކަމަށް 'ތެހެރާން ޓައިމްސް' އިން ވަނީ ބުނެފައެވެ. 

އަމޯ ހާޖީ މަރުވުމުން ދެން ދުނިޔޭގައި ހުރި އެންމެ މުޑުދާރު މީހާގެ މަގާމު ލިބޭނެކަމަށް ބެލެވެނީ ކަލައޫ ނަމަކަށް ކިޔާ އިންޑިއާ މީހަކަށެވެ. އޭނާ ފެން ނުވަރާތާ 30 އަހަރު ވެއްޖެއެވެ. 

17%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް