ads
ސްޓޫޑަންޓް ޑެބިޓް ކާޑު ތައާރަފްކުރުމަށް ބީއެމްއެލްއިން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު. - ފޮޓޯ/ބީއެމްއެލް
ކުޑަކުދިންނަށް ހާއްސަ ޑެބިޓް ކާޑެއް ބީއެމްއެލް އިން ތައާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ފުރަތަމަ ސްޓޫޑަންޓް ޑެބިޓް ކާޑު މިއަދު ތައާރަފުކޮށްފި އެވެ.
Advertisement

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަން ތައާރަފްކޮށްދެއްވީ، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި، އިވެންޓްގައި ބައިވެރިވި ގިނަ އަދަދެއްގެ ކުޑަކުދިންނެވެ.

ދެ އުމުރުފުރާ އަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.

ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ އެ ކާޑުން އެއްވެސް ފީއެއް ނުނަގާނެ އެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ބޭނުންކުރެވޭ އެ ކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭން ވަނީ ނިންމައިފައެވެ.

މީގެ ސަބަބުން ޚަރަދުކުރަމުން ދާއިރުވެސް ހަރުދަނާ ގޮތެއްގައި ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭނެ އެވެ.

ބެލެނިވެރިންގެ ބީއެމްއެމްއެލް މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެ އެވެ. ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ކުރެވޭނެ އެވެ. ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުއާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓާކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެ އެވެ.

ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސްއިން އަބުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ފޯރުކޮށްދިނުމަށެވެ. ބީއެމްއެލްއިން އަބަދުވެސް އަންނަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ތަރައްގީއަށް އެހީތެރިވެދޭ ޕްރޮޑަކްޓްތައް މުޖުތަމައަށް ތައާރަފްކުރަމުންނެވެ.

your imageހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވާހަކަދައްކަވަނީ. - ފޮޓޯ/ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، މިއަދު ތައާރަފްކުރި ކާޑަކީ، ހަމައެކަނި ޕޭމެންޓްތައް ހެދުމަށް ހާއްސަކުރި ކާޑެއް ނޫން ކަމަށާއި އެއީ ބޭންކިން އާއި ޕޭމެންޓް ދާއިރާއަށް އަންނަ ބަދަލުތަކަށް ކުޑަކުދިން އަހުލުވެރިކުރުމަށް ފަށާ ފެށުމެއް ކަމަށެވެ. އަދި މުސްތަގްބަލަށް ކުދިންނަށް ބޭނުންވާ މާލީ މިނިވަންކަމާއި ފައިސާ ބޭނުން ކުރުމުގެ ހުނަރުތައް ދަސްކޮށްދޭނެ ވަސީލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާވެސް ރާއްޖެއަށް މުޅިން އަލަށް ހިދުމަތެއް ތައާރަފްކުރެވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް... ދަރިވަރުންގެ މެދުގައި ޅަފަތުގައި ފައިނޭންޝަލް ލިޓްރަސީ އަށަގަންނުވައި އަޅުގަނޑުމެންގެ އަމާޒަކީ މާލީ ހިދުމަތްތަކާ މެދު މައުލޫމާތު މުއްސަނދި ޖީލެއް ބިނާކުރުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލްއިން އަބަދުވެސް މަސައްކަތްކުރަނީ އީޖާދީ ބޭންކިންގެ ހައްލުތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް