11316
CONFIRMED

DEATHS
10284
RECOVERED
🌏41,171,337
INFECTED
🌏28,040,056
RECOVERED
🌏1,130,606
DEATH
🌏68%
RECOVERY RATE
އާ ސީޕްލޭން ޓާމިނަލް-- ފޮޓޯ: އެމްއޭސީއެލް
އާ ސީޕްލޭން ޓާމިނަލް މައްސަލާގައި ނިންމި ގޮތާ މެދު ޓީއެމްއޭގެ ހިތްހަމަނުޖެހުން
Share
އާ ސީޕްލޭން ޓާމިނަލް މައްސަލާގައި ސަރުކާރުން ނިންމި ގޮތާ މެދު ހިތްހަމަނުޖެހި، ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އިން ބަޔާނެއް ނެރެފި އެވެ.
Advertisement

އެ ކުންފުނިން ބުނީ މަސައްކަތް ކުރަމުން ދަނީ ސަރުކާރާއެކު މަޝްވަރާކޮށްގެން އެންމެ ފުރިހަމަ ހިދުމަތެއް ދެވޭނެ ފަދަ ހައްލެއް ހޯދުމަށް ކަމަށެވެ. 

"[އެމްއޭސީއެލްގެ މެނޭޖާ ކޮމާޝަލް] ހުސައިން ފަޒީލް ސޮއިކޮށް ފޮނުވި ސިޓީތަކަކީ އެމްއޭސީއެލްގެ އޭރުގެ އެމްޑީ އާދިލް މޫސާ އެޕްރޫވްކޮށްގެން ފޮނުވި ސިޓީތަކެއް ކަން ފަޒީލް ވަނީ މަޖިލިހުގައި ވެސް ބަޔާންކޮށްފައި ކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ،" އެ ބަޔާނުގައި ވެއެވެ. 

ސައްހަ ނޫން ކަމަށް ބުނާ އެ ސިޓީތަކުގެ ދިފާއުގައި ޓީއެމްއޭގެ ބަޔާނުގައި ވާހަކަދައްކާފައި ވާއިރު، ސަރުކާރުން ނިންމާފައި ވަނީ އާ ޓާމިނަލުން 6000 އަކަމީޓަރުގެ ޖާގައެއް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރަށް ޓީއެމްއޭއަށް ދިނުމަށެވެ. 

ނަމަވެސް ޓީއެމްއޭއިން ބުނަމުން ދަނީ ފަނަރަ އަހަރުގެ މުއްދަތަކަށް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން، 19000 އަކަމީޓަރު އެ ކުންފުންޏަށް ދޭނެ ކަމުގެ ޔަގީންކަން އެމްއޭސީއެލުން ދީފައިވާ ކަމަށެވެ. 

އެކަމާ ގުޅިގެން ސަރުކާރުން ބުނީ، އެމްއޭސީއެލުން 848 މިލިއަން ރުފިޔާ (55 މިލިއަން ޑޮލަރު) ހޭދަކޮށްގެން ހެދި ޓާމިނަލުގެ 31000 އަކަމީޓަރުގެ ޖާގަ ޓީއެމްއޭއަށް ދޭން ކުރީ ސަރުކާރުން މަސައްކަތް ކުރި ކަމަށެވެ. 

އޭރުން އެމްއޭސީއެލަށް އަހަރަކު ލިބޭނީ އެންމެ 5.5 މިލިއަން ޑޮލަރު ކަމަށާއި، މި ސަރުކާރުން އެކަން ހުއްޓުވުމުން، އަހަރަކު 33 މިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބޭނެ ކަމަށް ބުނެފައި ވެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން ނިންމު ގޮތަށް އެމްއޭސީއެލުން އަމަނު ނުކުރާ ނަމަ، އެ ކުންފުނީގެ ބޯޑު ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް