ads
ރައީސް ޕުޓިން: ގައުމު ނުރައްކަލަށް ހުށަހެޅޭ ހިނދު ގައުމުގައި ހުރި ހުރިހގާ ވަސީޫލަތެއް ބޭނުން ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައި
ރަޝިޔާގެ ނިއުކްލިއާ ފައުޖު ތަކުގެ ތަމްރީންތައް ޕުޓިން ބައްލަވާލައްވައިފި
ޔޫކްރެއިންގައި އަށް މަސް ދުވަސް ވަންދެން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހުޅަނގާއެކު ނުތަނަވަސްކަން އިތުރުވެފައިވާ މިދަނޑިވަޅުގައި ރަޝިއާގެ ސްޓްރެޓެޖިކް ނިއުކްލިއާ ފައުޖުތަކުގެ އަހަރީ ތަމްރީނުތައް ހިނގަމުންދާ ގޮތް ލަޑިމިއާ ޕޫޓިން ބައްލަވައިފިއެވެ.

އާކްޓިކުން ރަޝިއާގެ ދުރުއިރުމައްޗަށް ބެލިސްޓިކް އަދި ކްރޫޒް މިސައިލް ފޮނުވާލާފައިވާ ކަމަށް ރަޝިޔާއިން ބުނެއެވެ.

ނިއު ސްޓާޓް ހަތިޔާރުގެ މުއާހަދާގެ ޝަރުތުތަކުގެ ދަށުން މި ޑްރިލްގެ ވާހަކަ އެމެރިކާއަށް އަންގާފައިވެ އެވެ.

މި މިސަލްތައް ފޮނުވާލާފައިވަނީ ޔޫކްރެއިންއިން "ޑާޓީ ބޮން" (ރޭޑިއޯއެކްޓިވް ވިހަ މާއްދާ ހިމެނޭ ހަތިޔާރު)  ބޭނުންކުރަން ރާވަމުންދާ ކަމަށް ރަޝިޔާއިން ބުނަމުންދާ ވަގުތެއްގައެވެ.

"ޑާޓީ ބޮމް" އަކީ ރޭޑިއޯއެކްޓިވް މެޓީރިއަލްއެއް އެކުލެވޭ ގޮވާ ހަތިޔާރެކެވެ. އެހެންނަމަވެސް  ރަޝިއާގެ ތުހުމަތުތައް ހުޅަނގުގެ ގައުމުތަކުން ދަނީ ދޮގު ކުރަމުންނެވެ.

ޔޫކްރެއިނުން ބުނީ މިފަދަ އަމްލްތަކުން ދޭހަވަނީ ރަޝިޔާއިން މިފަދަ ހަމަލައެއް ދޭން ތައްޔާރު ވަމުންދާކަން ކަމަށެވެ.

މީގެ ކުރިން ރަޝިއާގެ ނިއުކްލިއާ ޑްރިލް ބާއްވާފައި ވަނީ ޔޫކްރެއިންއަށް އެރުމުގެ ފަސް ދުވަސް ކުރިންނެވެ.

ވޮޝިންޓަންގެ އަސްކަރީ އޮފިޝަލުން ވަނީ،، މިފަހަރުގެ ތަމްރީނުތައް ފެށުމުގެ ކުރިން  އެމެރިކާއަށް އެންގުމުން، އާމްސް ކޮންޓްރޯލް މަސްއޫލިއްޔަތާ އެއްގޮތަށް ރަޝިޔާއިން އަމަލު ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން  ނޭޓޯއިންވެސް ދަނީ ނިއުކްލިއާ ތަމްރީނުތަކެއް ހިންގަމުންނެވެ. ހުޅަނގުގެ ދިފާއީ އިއްތިހާދުން ބުނީ ބެލްޖިއަމްއާއި އިނގިރޭސިވިލާތުގައި އާދީއްތަ ދުވަހާ ހަމައަށް 14 ގައުމެއްގެ ޓްރެއިނިން ފްލައިޓްތައް ހިމެނޭ ގޮތަށް ތަމްރީންތައް ކުރިއަށްދާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް