އިންތިގާލީ އިންސާފުގެ އޮފީހުން 455 މައްސަލަ ތަހުގީގު ކުރަން ނިންމިއެވެ. އޭގެ ތެރެއިން މިހާތަނަށް 111 މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. ތަހުގީގު މަރުހަލާ ނުނިމި ހުރި މައްސަލަތަކުގެ ތަހުގީގުވެސް ނިންމުމަށް އެ އޮފީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް ދީފައިވާ ގާނޫނީ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންނަމަވެސް އިދާރާގެ މުއްދަތު އިތުރު ކުރެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.