ޗާގޯސް މައްސަލައިގައި އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން މިދާ ދަނޑިވަޅުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެ މައުލޫގައި އެންމެ ފުރަތަމަވެސް އެއްޗެއް ވިދާޅުވީ ރޭ އޮތް ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ރައީސް ވިދާޅުވީ، އެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ.
ރައީސްގެ މި ވާހަކަފުޅަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ، ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް ސޯލިހު ދެއްކެވީ ތެދު ބަސްފުޅެއް ކަމަށް އޭނާ ހެކިވެ ވަޑައިގަންނަވާނެ ކަމަށެވެ. އިމްރާން ވިދާޅުވީ، މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލަ "ހިނގަމުންދާ ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ" ކަމަށެވެ.