ads
ރައީސް ޔާމީން ވެލިދޫއަށް ވަޑައިގަތުން
ވެލިދޫއިން ކީ މަރުހަބާއިން ރައީސް ޔާމީން ރޮއްވާލައިފި
ވެލިދޫ އަކީ ރައީސް ޔާމީން މަންމަގެ އުފަން ރަށްް
ނ. ވެލިދޫ އަށް ވަޑައިގަތުމުން ކީ މަރުހަބާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޮއްވާލައިފި އެވެ.
Advertisement

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިޔަތުން ރައީސް ޔާމީން ނ. އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ވެލިދޫ އަށް ވަޑައިގަތީ އިއްޔެ އެވެ.

ވެލިދޫގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެރަށަށް ވަޑައިގަތުމުން ކީ ހޫނު މަރުހަބާ އަކީ އެމަނިކުފާނާއިއެކީ ވަޑައިގެންް ބޭފުޅުންނަށްވެސް ހައިރާންކަން ގެނުވި ކަމެއްކަމަށާއި، މިފަދަ ހިތްހެޔޮ ކަމަކާއި، މެހެމާންދާރީއެއް އަދި މަރުހަބާއެއް މީގެ ކުރިން އެހެން ތަނަކުން ފެނިފައި ނުވާކަމަށް އެބޭފުޅުންވެސް ވިދާޅުވި ކަމަށެވެ. 

”ވެލިދޫއަށް ވަޑައިގަތުުމުން ތި ބެހެއްޓެވި ގާތްކަމާއި، ވިދާޅުވި ހޫނު ވަރުގަދަ މަރުހަބާއަށްޓަކައި އަދި ވެލިދޫގެ ރައްޔިތެއް ކަމުގައި އަޅުގަނޑު ހިމެނޭއިރުވެސް އަޅުގަނޑުވެސް ހަމަ ސަޕްރައިޒްވި، ހައިރާންވި، އުފާވި ހަމަ ލޮލުން ފެން ފާއްދާލި،“ ރައީސް ޔާމީން ވިދާޅުވި އެވެ.

ވެލިދޫ އަކީ ރައީސް ޔާމީން މަންމަގެ އުފަން ރަށެވެ. ރައީސް ޔާމީން ވިދާޅުވީ، ވެލިދޫ އަށް އާދެވުނު އެ ދަތުރަކީ ވަރަށް ގިނަ ގޮތްގޮތުން އިއްތިފާގީ އުފާވެރި ކަންކަމެއް އަދި ހިތާމަވެރި ކަންކަން ގުޅިފައިވާ ދަތުރެއް ކަމަށެވެ. 

އުފާވެރިކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ

  • ރާއްޖެ އިސްލާމުވީ ދުވަސް ކަމަށް ވުން
  • ޕީޕީއެމްގެ އަހަރީ ދުވަސް
  • ޕީޕީއެމްގެ އޮފީހެއް ވެލިދޫގައި ހުޅުވުން
  • ފަސް އަހަރު ފަހުން ވެލިދޫއަށް ރައީސް ޔާމީން ވަޑައިގަންނަވާ ފުރަތަމަ ފަހަރު

ހިތާމަވެރި ކަންކަމުގެ ގޮތުގައި ފާހަގަކުރީ

  • ޗާގޯސްގައި އެހެން ބައެއްގެ ރަސްމީ ދިދަ ނެގިގެން ދާ ދުވަހަށް ވުން
  • ރައީސް ޔާމީންގެ ފުރަތަމަ ސިޔާސީ ހަރަކާތްތަކުގައި އެންމެ ގާތުގައި އަބަދުވެސް ހުންނެވި އެރަށުގެ އިސްބޭފުޅަކު މިއަދު ދުނިޔޭގައި ނެތުމުގެ ފަޅުކަން އިހުސާސްކުރެވުން

ނ. އަތޮޅު ދަތުރުފުޅުގައި ހަ ރަށަކަށް ރައީސް ޔާމީން ވަޑައިގަތެވެ. އެވެ. 

ވަޑައިގެން ރަށްތައް:

  1. މަނަދޫ
  2. ވެލިދޫ
  3. ކެދިކުޅުދޫ
  4. ހޮޅުދޫ
  5. މިލަދޫ
  6. މަގޫދޫ

މި ދަތުރުފުޅު ނިންމަވާލައްވާ މިހާރު ރައީސް ޔާމީން ވަނީ މާލެ ވަޑައިގެންފައެވެ. 

77%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް