ads
ބައެއް މީހުން މަރުވީ، ގަޔާއި މޫނަށް ފައިން އެރިގެނާއި، ކާޑިއެކް އެރެސްޓަށް ގޮސްގެން
ކޮރިއާގެ ހެލޮވީން ފެސްޓިވަލްތެރޭ 150 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
މި ފެސްޓިވަލް އަކީ ކޮވިޑް ފިޔަވަޅުތައް ނިމުމަކަށް ގެނައިފަހުން ދެކުނު ކޮރެއާގައި ބޭއްވި ފުރަތަމަ ބޮޑު ހެލޯވީން ސެލެބްރޭޝަނެވެ. ދެކުނު ކޮރިއާގެ ވެރިރަށް ސޯލްގެ މަޝްހޫރު ނައިޓްލައިފް ޑިސްޓްރިކްޓް ކަމުގައިވާ އިޓައެވޮންގައި ރޭ ބޭއްވި މި ސެލެބްރޭޝަން ވަނީ ގައުމީ ބޮޑު ބިރުވެެރިކަމެއް ގެނުވި ސެލެބްރޭޝަނަކަށް ކުޑަ ސިކުންތުކޮޅެއްގައި ބަދަލުވެފަ އެވެ.
Advertisement

މި ފެސްޓިވަލްތެރޭ ފިތިގެންނާއި، ނޭވާ ހާސްވެ، ހާޓު އެޓޭކް ޖެހިގެން 150 އަށް ވުރެ ގިނަ މީހުން  މަރުވެ، 100 ވުރެ ގިނަ މީހުން ޒަހަމުވެފައިވާ ކަން މިހާތަނަށް ކަށަވަރުކުރެވިފައިވާ ކަމަށް އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިއަދަދު އަދިވެސް އިތުރުވުމަކީ ވެދާނެ ކަމެއް ކަމަށް ރެސްކިއު އޮޕަރޭޝަނުން ބުނެއެވެ.

އެ ފެސްޓިވަލްއަށް ދިޔަ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް އެގައުމުގެ ކަމާއިބެހޭ އިދާރާތަކުން ބުނެެއެވެ.  

your imageހެލޮވީން ފެސްޓިވަލްއަށް ލައްކައެއްހާ މީހުން ދިޔަކަމަށްވޭ

އިދާރާތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން ނެެވެ. ޔޮންގްސަން ގޫ ފަޔަ ޑިޕާޓްމަންޓުގެ ވެރިޔާ ޗޮއި ސެއޮންގް ބަމް ވިދާޅުވީ މަރުވި ގިނަ މީހުންގެ ތެރޭގައި އެއްބައެއްގެ ގަޔަށް ފައިން އެރި ބޮޑެތި ޒަހަމުވެގެން މަރުވި މީހުންވެސް ހިމެނޭ ކަމަށެވެ. 

ކޮވިޑަށްފަހު ބޭއްވި މި ހެލޮވީން ސެލެބްރޭޝަނަށް އޭޝިއާގެ އެކި ގައުމުތަކުންވެސް މީހުން ދިޔައިރު، މަރުވި މީހުންގެ ތެރޭގައި މަދުވެގެން 19 މީހުން ނަކީ އެހެން ގައުމުތަކުގެ މީހުން ނެވެ.  އޭގެ ތެރޭގައި އީރާން، ނޯވޭ، ޗައިނާ އަދި އުޒްބެކިސްތާނުގެ މީހުން ހިމެނެ އެވެ.

your imageހެލޮވީން ފެސްޓިވަލްތެރޭ މީހުން ސަލާމަތްކުރުމަށް 1700 އަށްވުރެ ގިނަ އެމަޖެންސީ ރެސްޕޮންސް ހަރަކާތްތެރިވެފައިވޭ

މި ފެސްޓިވަލް އެހާ ބޮޑު ފެސްޓިވަލް އަކަށް ވެގެންދިޔައީ ކޮވިޑަށްފަހު އެގައުމުގައި ބޭއްވި އެންމެ ބޮޑު އެއްވުން ކަމަށް ވުމުންނެވެ. ގިނަ ބަޔަކު މި ފެސްޓިވަލްއަށް ގޮސްފައިވަނީ ކޮވިޑުގެ ރެސްޓްރިކްޝަންތަކުން ވީއްލުމުގެ އުފާ ފާޅުކުރުމުގެ ގޮތުން ނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް