ads
އަމީތާބާއި ޖާޔާ ބަޗަން
އަމީތާބާ ޖާޔާގެ ލޯބީގެ ސިއްރުތައް ފަޅާލައިފި
ބޮލީވުޑްގެ ސުޕަ ސްޓާ އަދި ބައްޕައިގެ ލަގަބު ލިބިފައިވާ އަމީތާބާއި އޭނާގެ އަނބިމީހާ ޖާޔާ ބަޗަންގެ ޒަމާންވީ ލޯބީގެ ގުޅުމުގެ އެތައް ސިއްރެއް ހާމަކޮށްފިއެވެ.
Advertisement

މި ވާހަކަތައް ހާމަކޮށްފައިވަނީ މި ދެމަފިރިންގެ ކާފަދަރިފުޅު ނަވްޔާގެ ޕޮޑްކާސްޓު "ވަޓް ދަ ހެލް ނަވްޔާ" ގެ އެންމެ ފަހުގެ އެޕިސޯޑުގައެވެ. 

މި އެޕިސޯޑު ހާއްސަކޮށްފައިވަނީ "ޒަމާނީ ލޯބީގެ" މައްޗަށެވެ. އެ ޕޮޑްކާސްޓުގައި ޖާޔާ ބަޗަން ވަނީ އޭނާ އަމީތާބް އާ ދިމާވި ގޮތާއި، އަމީތާބް އޭނާއަށް ޕްރޮޕޯޒްކުރުމާއި، އަދި ދެމީހުންގެ ދިރިއުޅުމުގައި ދިމާވި މައްސަލަތަކާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. 

މި އެޕިސޯޑުގައި ވާހަކަ ދައްކަމުން ޖާޔާ ބުނީ ހަމައެކަނި އިންސްޓަގްރާމަށް ދައްކަން ލޯބިވެރިއާއަށް ބޮޑު ޕްރޮޕޯސަލެއް ރާވާ ހެދުމަކީ އެމީހުންގެ ޅަދުވަސްވަރުގައި ދުވަހަކުވެސް ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އެކަން ވެގެން ނުވާނެ ކަމަށެވެ.

 'އެޒަމާނުގަ ވެސް އަސްލު އެއްވެސް މީހަކު ޕްރޮޕޯސް ކުރަން ކަކުލެއް ނުޖަހާ،' ޖާޔާ ބުންޏެވެ. 

ޖަޔާ ބައްޗަން އަށް އަމީތާބު ޕްރޮޕޯސް ކުރީ ކިހިނެއްތޯ ސުވާލުކުރުމުން އޭނާ ހާމަކުރި ގޮތުގައި އަމީތާބް އާއި އޭނާ ދަތުރަކަށް ދާން ނިންމީ 'ޒަންޖީރު' ހިޓް ވެއްޖެ ނަމަ ކަމަށެވެ. އެމީހުން ކައިވެނި ކުރަން ނިންމާފައި އޮތީ އޮކްޓޯބަރު މަހު ނަމަވެސް އަމީތާބްގެ ބައްޕަ ހަރިވަންޝްރައި ބައްޗަން އެންގީ ކައިވެންޏެއް ނުކޮށް ދަތުރަކަށް ދިއުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. 

"އެހެންވީމަ، އޭނާ އަހަންނަށް ގުޅާފައި އެދުނީ އަހަރެމެން ކޮންމެ ގޮތެއްވިޔަސް އޮކްޓޯބަރު މަހު ކައިވެނި ކުރަން އުޅޭ ވާހަކަ. އަދި ދަތުރުގެ ކުރިން ކައިވެނިކުރަން އެންމެ ރަނގަޅުތޯ އަމީތާބް އެހި " ޖަޔާ ބުންޏެވެ.

އަމީތާބާއި ޖާޔާ ކައިވެނި ކުރީ 1973 ވަނަ އަހަރުއެވެ. ޖާޔާ ބުނިގޮތުން އެމީހުން އޭރު ކައިވެނިކުރިއިރު ޖާޔާގެ ބައްޕަވެސް އެ ކައިިވެންޔާ އެހާ ނުރުހޭކަމަށެވެ. އެމީހުން ކައިވެނި ކުރީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ވެސް އޭނާ ބުންޏެވެ. 

26%
ކަމުގޮސްފި
48%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް