އަންނަ މަހު 15-21 އަށް މާލޭގައި ބާއްވާ މޯލްޑިވްސް ޓެނިސް ޗެލެންޖްގައި ރާއްޖޭގެ އިތުރުން ފަސް ގައުމަކުން ބައިވެރިވާނެ އެވެ. އެއީ ސްރީ ލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިއާ އެވެ.
މި މުބާރާތުގައި ގާތްގަނޑަކަށް ޖުމްލަ 50 ކުޅުންތެރިންނާ ބައިވެރިވާނެއެވެ.