ލެވަލް މަތިކޮށްފައިވަނީ އިންޑިއާގެ ސިފައިންގެ އިންޓަލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭގެ ވަގުތެއްގައެވެ.
މިހާރު ސަލްމާން ހާން އަށް ދެމުން ގެންދަނީ "ވައި ޕްލަސް" ސެކިއުރިޓީއެކެވެ. އަކްޝޭއާއި އަނޫޕަމް އަށް ދެމުން ގެންދަނީ އެއަށްވުރެ ދަށްކޮށް "އެކްސް" ލެވަލްގެ ސެކިއުރިޓީއެކެވެ.
މިއީ އެގައުމުގެ ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ފަދަ ބޭފުޅުންނަށް ވެސް ދޭ ފެންވަރުގެ ސެކިއުރިޓީއެކެވެ.
އިންޑިއާގެ ސިފައިންނަށް ލިބުނީ ކޮން މައުލޫމާތެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ސަލްމަން ހާން އަށް މީގެ މަސްތަކެއް ކުރިން ލޯރެންސް ބިޝޯނީ ކިޔާ ގުންޑާއެއްގެ ގޭންގަކުން ވަނީ އިންޒާރު ދީ މަރައިލާނެ ކަމަށް ބުނެފައެވެ.
ސަލްމާން ހާން އަށް ދާދިފަހުން އިންޑިއާ ފުލުހުންވަނީ ފިސްތޯލު ގެންގުޅުމުގެ ލައިސަންސު ވެސް ދީފައެވެ.