ads
މަވޯޓާ ޝަރީފް
ޗާގޯސް މައްސަލަ ހުށަހަޅައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި
ޗާގޯސްގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެ މޯލްޑިވްސް ނޭޝަނަލް ކޮންގްރެސްއަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ރައްދު ދެއްވައިފިއެވެ.
Advertisement

މަރަދޫ މެންބަރު، އިބްރާހީމް ޝަރީފް- މަވޯޓާ ޝަރީފް މިހެން ވިދާޅުވީ، އެމްއެންޕީން ރައްޔިތުންގެ މަޖިލީހަށް ޗާގޯސް މައްސަލައާ ގުޅޭ ގޮތުން ހުށަހެޅި ގަރާރާ މެދު ބަހުސް ކުރައްވަމުން މިއަދުއެވެ. ޗާގޯސް މައްސަލައިގައި އެމްއެންޕީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ޗާގޯސް މައްސަލާގަ ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކުރުމުގަ ވަށައިގެންވާ ސަބަބުތައް ދެނެގަނެ، އެކަން ކޮށްފައިވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަށް މަޖިލީހުގެ ހާއްސަ ސެލެކްޓް ކޮމިޓީއަކުން މިމައްސަލަ ބެލުމަށެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްއެންޕީގެ ލީޑަރު އަދި މަޖިލީހުގެ ދަގެނތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ. ނާޒިމްގެ މި ގަރާރަށް ރައްދު ދެއްވައި މަވޯޓާ ޝަރީފް ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.

ސަރުކާރުން ދިވެހިރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއްވެސް ގެއްލޭ ކަހަލަ ކަމެއް މިހާތަނަށް ކޮށްފައިނުވާކަން އަޅުގަނޑުމެންވާނީ ކަށަވަރުކޮށްފައި. ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލެއް ނުވޭ. ސަރުކާރުގެ ސިޔާސަތު ބަދަލު ވެއްޖެ ކަމަށް ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގު.

ރާއްޖެއާ ޗާގޯސްގެ ކަނޑުގެ މައްސަލައިގައި އެމްއެންޕީން ހުށަހެޅި ގަރާރުގެ ބަހުސް މަޖިލީހުގައި ފަށާފައިވާއިރު، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްވަނީ ވިދާޅުފައެވެ. މި މައްސަލައިގެ ބައެއް ތާރީޚްތައް ސާފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަހައްދުގެ މައްސަލަ އަކީ ހައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސައެއްކަން ފާހަގަކުރައްވާފައެވެ.

އެ މައްސަލަ ހައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަހައްދު ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް