ads
ޑަބްލިއުޑީސީ ބައްދަލުވުމެއް——
ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަން ފާސްކޮށްފި
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ(ޑަބްލިއުޑީސީ)ގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ

ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ލޯކަލް ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ގިނަގިނައިން ބާއްވަންޖެހޭތީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް އެެވެ.

މިހާރު ގާނޫނުގައި އޮންނަގޮތުން ޑަބްލިއުޑީސީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ. މިގޮތަށް އޮންނައިރު ޑަބްލިއުޑީސީން އިސްތިއުފާ ދޭ އަދަދު ގިނަކަމުން އަހަރެއްގެ މައްޗަށް ގިނަ ބައި- އިލެކްޝަންތަކެއް ބާއްވަންޖެހެ އެވެ. އަދި އެ އިލެކްޝަންތަކަށް ބޭކާރު ހަރަދުތަކެއް ކުރަންޖެހެއެވެ.   

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، މެންބަރެއްގެ މަގާމް ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އެންގުމާއިއެކު އެދާއިރާއެއްގެ ބައި އިލެކްޝަން 365 ދުވަހުގެ ތެރޭގައި ބާއްވާ އަހަރެއްގެ ތެރޭގައި އެމަގާމުތަކަށް މެމްބަރުން އައްޔަން ކުރަންޖެހޭނެ ކަމަށެވެ.

ނަމަވެސް އިސްތިއުފާ ދޭ މެމްބަރުން ގިނަވެ ކޯރަމް ގެއްލިއްޖެނަމަ ކުރިން އޮންނަ ގޮތަށް ދެ މަސްތުވަހުގެ ތެރޭގައި އެ ދާއިރާގެ އިލެކްޝަން ބާއްވާނީ ކަމަށް އިސްލާހުގައި ވެއެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ، މަޖިލީހުގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ތާއީދާއި އެކު އެވެ. ފާސްނުކުރަން ވޯޓުދެއްވީ ދެ މެމްބަރުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް