ads
ސްރީލަންކާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ޔޮހާނީ އާ އުއްޗު އާ ބައްދަލު ކުރައްވަނީ--
ސްރީލަންކާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ޔޮހާނީ ވިޔަފާރިވެރިޔާ އުއްޗު އާ ބަދަލު ކޮށްފި
ސްރީލަންކާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ޔޮހާނީ ޑި ސިލްވާ މަސްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) އާ ބަދަލު ކުރައްވައިފި އެވެ.
Advertisement

އުއްޗު ކުރެއްދޫ އައިލެންޑް ރިސޯޓްގައި ބޭއްވި މި ބަދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. 

ގިނަ ބައެއްގެ ލޯބި ހޯދައި މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ލަންކާގެ ލަވަ ކިޔުންތެރިޔާ ޔޮހާނީ ރާއްޖެއަށް ޒިޔާރަތްކޮށްގެން އުޅެނީ ރާއްޖޭގައި ޝޯއެއް ދިނުމަށެވެ. ލައިވް ޕާފޯމަންސާ އެކު ޔޮހާނީ ޝޯ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު އަދި ރޭގަނޑު ހުޅުމާލެ ސްޓޭޑިއަމުގައި ޝޯ ދީފަ އެވެ.

ޔޮހާނީ ހުޅުމާލޭގައި ދެ ޝޯ ދީފައިވާއިރު ހަވީރުގެ ޝޯއަށް ހިލޭ ވަދެވިފައިވާއިރު ރޭގަނޑުގެ ޝޯގެ ޓިކެޓް ވިއްކާފައިވަނީ 150 ރުފިޔާ އަށެވެ. 

ޔޮހާނީ އާއި ވަކިން ބައްދަލު ކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު ވެސް ޔޮހާނީ ރާއްޖެ ގެނައުމުގައި ހަރަކާތްތެރިވި ބައިސްކޯފް އިން ވަނީ ދީފަ އެވެ. މުޅި ސަރަހައްދުގައި ވިދަވުންދާ ޔޮހާނީ އާ ވަކިން ބައްދަލު ކުރަން ބޭނުންވި މީހުންނަށް އެ ފުރުސަތު ދިނީ ވީއައިޕީ ޓިކެޓެއް ގަނެގެންނެވެ. މި ޓެކެޓުގެ އަގަކީ 999 ރުފިޔާ އެވެ. 

ޔޮހާނީ ބުނިގޮތުގައި މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.

35%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
35%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް