ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގައެެވެ. އިންތިހާބީ 87 ދާއިރާގެ ވޯޓުލުން މާލެ އާއި ރަށްރަށުގައި ކުރިއަށްދާއިރު، ވޯޓުލުން ކުރިއަށްދަނީ މިއަދު ހަވީރު ހަތަރެއް ޖަހަންދެނެވެ.
ވޯޓުލުން ކުރިއަށް ދަނީ:
- މާލެ ހެންވޭރު ދަނޑުގަ
- ހުޅުމާލެ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގަ
- ވިލިމާލެ ޔޫތު ސެންޓަރުގައި
- ރަށްރަށުގެ ވޯޓު ލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު ފޯރުކޮށްދޭނީ އެރަށެއްގެ ސްޓިއަރިން ކޮމިޓީން
އެ ޕާޓީން ބުނީ، ކޯލިޝަންގެ ދާއިރާ އިންތިހާބުގައި ހަވީރު 16:00 އާއި ހަމައަށް ވޯޓު ލުމަށް ކިއޫ އާއި ގުޅޭ މެންބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ދޭނެ ކަމަށާއި، ނަމަވެސް އޭގެ ފަހުން އިތުރު އެއްވެސް ފަރާތަކަށް ކިއޫ އާއި ގުޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
އެ އިންތިހާބުގައި ވޯޓު ދެވޭނީ އެކޯލިޝަންގެ ފަރާތުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ކޮމިޓީން ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާސް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް އެކަނި ކަމަށްވެސް އެޕާޓީން ބުނެ އެވެ. އަދި ވޯޓު ލާން އަންނަ މީހާ އަކީ ކާކުކަން އަންގައިދިނުމަށް ގެންނަ ރަސްމީ ލިޔުމުގެ މުއްދަތު ހަމަވެފައިވީނަމަވެސް ވޯޓު ލުމުގެ ފުރުސަތު ދޭނެ ކަމަށް އެޕާޓީން ބުންޏެވެ.