އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރެގައި އޮއްވާ ހޮނިހިރު ދުވަހުއެވެ.
އޭނާ މަރުވި ސަބަބު ހޯދުމުގެ މަސައްކަތް އޭނާގެ އާއިލާއިން އަންނަނީ ކުރަމުންނެވެ. އޭރޮން މަރުވިއިރު އުމުރަކީ 34 އަހަރެވެ.
އޭރޮން އަކީ ބެކްސްޓްރީޓް ބޯއީޒް އިން މަޝްހޫރުވި ނިކް ކާޓާގެ ކޮށްކޮއެވެ.
ދިވެހި ޑިޖިޓަލް އާޓިސްޓް، އަލީ ޝިމްހާގުގެ ކުރެހުމެއް، އެމެރިކާގެ ލަވަކިޔުންތެރިޔާ އާރޮން ވަަގަށް ނެގި މައްސަލައިގައި އޭނާއާ ދެކޮޅަށް އެމެރިކާގެ ކޯޓަކަށް މައްސަލައެއްވެސް ވަނީ 2020 ވަނަ އަހަރު ހުށަހަޅާފައެވެ.
ޝިމްހާގް، 2014 ވަނަ އަހަރު ކުރަހާފައިވާ ސިންގާގެ މައްސަލަ ހޫނުވީ އާރޮން އޭނާގެ އަމިއްލަ އެއްޗެެއްގެ ގޮތުގައި 2019 ވަނަ އަހަރު ބޭނުންކުރުމުންނެވެ. އެއްވެސް ހުއްދައެއް ނެތި އޭނާ އެ ކުރެހުން އަމިއްލަ މަންފާއަކަށްޓަކައި ބޭނުންކޮށް، އެކަން ފަޅާއެރުމުން ވަނީ އެއީ އޭނާގެ އަމިއްލަ އެއްޗެއް ކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކުން ދިފާއުވާން މަސައްކަތްކޮށްފަ އެވެ.
އެކަމަކު ދިވެހިންގެ އިތުރުން އެކި ކަންކޮޅުތަކަށް ނިސްބަތްވާ މީހުން ވަނީ އެއީ ޝިމްހާގުގެ ކުރެހުމެއްކަން ސާބިތުކޮށްދީ އޭނާގެ ކޮޅަށް ވާހަކަ ދައްކާފަ އެވެ.
އާރޮންއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާކަން ޝިމްހާގް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ. އެގޮތުން އާރޮންއާ ދެކޮޅަށް 2020 ވަނަ އަހަރު މައްސަލަ ހުށަހަޅާފައި ވަނީ އޭނާގެ "ކޮޒްމިކް ލަޔަން" އާރޮންގެ ކްލޯތިން ލައިނެއް ޕްރޯމްޓްކުރުމުގެ ގޮތުން ބޭނުންކޮށްފައިވާތީ އެވެ.
ބަދަލު ހޯދުމުގެ ދައުވާ އެމެރިކާގެ ނިއު ޔޯކްގެ ކޯޓެއްގައި އޭޕްރީލް މަހު ޝިމްހާގުވަނީ ކާމިޔާބުކޮށްފައެވެ.