ads
އެމްޑަބްލިއުއެސްސީ ބިލްޑިން——
ފެން ބިލްގެ ޖޫރިމަނާ މައާފް ކޮށްދިނުމަށް ހުޅުވާލި މުއްދަތު ހަމަވަނީ
ފެން ބިލްގެ ޖޫރިމަނާ މައާފް ކޮށްދިނުމަށް ހުޅުވާލި ޕްރޮގްރާމްގެ މުއްދަތު ޑިސެމްބަރަށް ހަމަވާތީ، އެމުއްދަތުގެ ކުރިން ޖޫރިމަނާ ފައިސާ ހަލާސްކުރުމަށް އެމްޑަބްލިއުއެސްސީން އިލްތިމާސްކޮށްފި އެވެ.

ފެން ބިލް ޖޫރިމަނާ މައާފް ކޮށްދިނުމަށް ހުޅުވާލި ޕްރޮގްރާމަކީ އެކުންފުނީގެ ފަރާތުން ކަސްޓަމަރުން ނުދައްކާ ހުރި ބިލުތައް ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ މުއްދަތު ކުރިއަށް އޮތް ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

”މިޕްރޮގްރާމުގެ ދަށުން، ބިލަށް ދައްކަވަންޖެހިލައްވާ ޖުމްލަ ފައިސާ މިމުއްދަތުގެ ތެރޭގައި އެއްފަހަރާ ދެއްކެވުމުން އެބިލެއްގެ ޖޫރިމަނާ ފައިސާ އެއްކޮށް މައާފުކުރެވިގެން ދާނެ. އަދި ފެން ބިލަށް އެއްފަހަރާ ފައިސާ ނުދެއްކޭނަމަ، މިމުއްދަތުގެ ތެރޭގައި ބިލަށް ފައިސާ ދައްކަވާ އިންސައްތައިގެ ނިސްބަތުން، ޖޫރިމަނާ މައާފުކުރެވިގެން ދާނެ،” އެމްޑަބްލިއުއެސްސީން ބުންޏެވެ.

ހަމަ މިއާއިއެކު ކަސްޓަމަރުން ބޭނުންނަމަ، މިމުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ބިލްތަކަށް ފައިސާ ދައްކާ ހަލާސް ކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ. 

އެހެންކަމުން މި ފުރުސަތުގެ ބޭނުން މިއަހަރު ނިމުމުގެ ކުރިން ހިފައި އަދި މުސްތަގްބަލުގައި ޖޫރިމަނާ އެރިޔަނުދީ ބލްތަކަށް ވަގުތުން ފައިސާ ދެއްކެމަށް އެކުންފުނިން ވަނީ އެދިފައެވެ. 

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ ކުންފުނީގެ ހޮޓްލައިން 105 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ވެސް އެކުންފުނިން ވަނީ އެދިފައެވެ. 

އެކުންފުނިން ބުނީ، އަމާޒަކީ، ކުންފުނިން ފޯރުކޮށްދެމުން އަންނަ ފެނާއި ނަރުދަމާގެ ހިދުމަތްތައް، ވީހައިވެސް ލުއި ފަސޭހަ ގޮތެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް