ރައީސް ސާލިހް މިހެން ވިދާޅުވީ، ރީކޯ މޫސާ މަނިކު އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމާ ގުޅިގެން މޫސައަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވިދާޅުވީ އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކުރީގެ ޗެއާޕާސަން ރީކޯ މޫސާ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަކީ، ޕާޓީ އަށާއި އަޅުގަނޑުމެން އެންމެނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި ރައީސް ވިދާޅުވީ މޫސަ އަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ.