ads
ފޭދޫ ފިނޮޅު
ފޭދޫ ފިނޮޅު އަނެއްކާވެސް ވިއްކާލަނީ
މާލެއާ ކައިރީގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ފޭދޫފިނޮޅު އަނެއްކާ ވެސް އެހެން ބަޔަކަށް ވިއްކާލަން ނިންމައިފި އެވެ.
Advertisement

ފޭދޫ ފިނޮޅު ވިއްކާލަން އުޅޭކަން އެނގުނީ އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނަކާ ގުޅިގެންނެވެ. އެ އިއުލާނުގައި ބުނެފައިވަނީ ފޭދޫފިނޮޅު ކުއްޔަށް ދިނުމާ ބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ ހައްގުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދި މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ އެކަން މިނިސްޓްރީއަށް އެންގުމަށް އެ އިއުލާނުގައި އެދިފައިވެއެވެ.

މިއީ އާންމުކޮށް ރަށެއްގެ ކުއްޔަށް ދީފައިވާ ފަރާތަކުން އެހެން ބަޔަކަށް ކުއްޔަށް ދޭ ނަމަ އަމަލު ކުރަމުން އަންނަ އުސޫލު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން އެތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ދެ ކުންފުންޏެއް ގުޅިގެން ހެދި ޕާލް އެޓޯލް އަށެވެ.

ފޭދޫ ފިނޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދިންތާ މިހާރު ހަ އަހަރު ވެއްޖެއެވެ. އެހެންނަމަވެސް އަދިވެސް އެ ރަށް އަދި ޓޫރިސްޓުންނަށް ހުޅުވައެއް ނުލަ އެވެ. ފުލުހުންގެ ބޭނުންތަކަށް ކުރިން ދޫކޮށްފައި އޮތް ކ. ފޭދޫފިނޮޅު، ހަތަރު މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަކަށް ވިއްކާލީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް