ޗާލްސް އަށް އަމާޒުކޮށް ބިސް އުކިރިއު ރާނީ ކެމީލާ ހެރިސް ވެސް ގާތުގައި ހުންނެވިއެވެ.
ބިސް އުކާފައި ވަނީ ޔޯކު ގައި އޮތް ސަގާފީ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ވަޑައިގަތްތަނުންނެވެ. ބިސް އުކި ނަމަވެސް އެކަމަށް މާބޮޑު ފަރުވާލެއް ނުބައްޓަވާ ޗާލްްސް ވަނީ ވަޑައިގެން މަސައްކަތް ކުރިއަށް ގެންދަވާފައެވެ.
އިނގިރޭސި ރަސްގެފާނު ގެންދަވަނީ އިނގިލޭންޑުގެ އުތުރަށް ދެ ދުވަހުގެ ދަތުރެއް ކުރައްވަމުންނެވެ.
އެއްވެސް ބިހެއް ޗާލްސް އަށް އަމާޒުނުވި ނަމަވެސް، ވަރަށް ކައިރިން ބިސްތައް ދާތަން ފެނެއެވެ.
ބިސް އުކައިގެން ހައްޔަރުކުރި މީހާ
ބިސް އުކި މީހާ އިނގިރޭސި ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
މީގެ ކުރިން ވެސް ޗާލްސްއަށް ބިހުން ބައެއް މީހުން ހަމަލާދީފައިވެއެވެ. އެގޮތުން 1995 ވަނަ އަހަރު ޑަބްލިންގައި އުޅުއްވަނިކޮށް ވެސް ބަޔަކު ވަނީ ބިސް އުކާފައެވެ.