ރިޕޯޓްތައް ބުނާ ގޮތުން ޓިކްޓޮކް ތަރި ޝިފާގެ މައްސަލަ ފައިލް ކުރީ ޖިނާއީ ކުށެއް ސާބިތު ކުރުމަށް ބޭނުންވާ ވަރަށް ހެކި ނެތުމުންނެވެ. މައްސަލަ ފައިލް ކުރީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ފުލުހުންނާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަމުގެ ތަފްސީލެއް މި ނޫހަށް ލިބިފައެއް ނުވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޝިފާ ކަމަށް ބެލެވޭ މީހަކު އެހެން އަންހެނަކާއެކު ބަދުއަޚުލާގީ އަމަލުތަކެއް ހިންގާ ވީޑިއޯތަކެއް އާއްމުވިއެވެ.