ads
އެކި މިންވަރަށް ހިފާފައިވާ ހަނދުކޭތަތަކެއްގެ ފޮޓޯ
ކުރިއަށް އޮތް ދެ އަހަރު ވެސް ފުރިހަމަ ހަނދުކޭތައެއް ނުހިފާނެ
މިރިއަށް އޮތް ތިން އަހަރު ފުރިހަމަ ހަނދުކޭތައެއް ނުހިފާނެކަމަށް ބައެއް ފަލަކީ އިލްމުވެރިންނާ ހަވާލާދީ ސައިންސުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
Advertisement

ފުރިހަމަ ހަނދުކޭތައަކީ މުޅި ހަނދަށް އެއްކޮށް ދުނިޔޭގެ ހިޔަނިން ގެއްލޭގޮތް މެދުވެރިވުމުން ހިފާ "ފުލް ލޫނާ އެކްލިޕްސް" އެކެވެ. ބައެއް މީހުން މިފަދަ ހަނދުކޭތަށް "ބްލަޑް މޫން" އޭ ވެސް ކިޔައެވެ. 

އެންމެ ފަހުން ފުރިހަމަ ހަނދުކޭތައެއް ހިފާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ހަނދުކޭތަ އެމެރިކާގެ ބައެއް ސަރަހައްދުތަކަށް ފެނިފައިވެއެވެ.

ސައިންސުގެ ހަބަރުތއް ގެނެސްދޭ ސީނެޓް ގައި ބުނެފައިވާގޮތުން ދެން އަލުން މިފަދަ ގޮތަކަށް ފުރިހަމަ ހަނދުކޭތައެއް ދުނިޔެއަށް ފެންނާނީ 2025 ވަނަ އަހަރުއެވެ. މާނައަކީ ދެން މިފަދަ ހަނދުކޭތައެއް 2023، އަދި 2024 ވަަނަ އަަހަރުވެސް ނުފެންނާނެވެ. 

ނާސާގެ ސައިންސުވެރިން ވެސް ދެކެނީ ދެން ފުރިހަމަ ހަނދުކޭތައެއް ހިފާނީ ދެ އަހަރު ދުވަސް ފަހުން ކަމަށެވެ.

"ހަނދު ދައުރުވަނީ އިރުއާއި ދުނިޔެއާ ސީދާ އެއް ޕްލޭނެއްގައި ނޫން، އިރާއި ހަނދާ ދުނިޔެ ދިމާވާ ވަގުތަށް ކިޔަނީ ކޭތަ މޫސުން. އެއީ އަހަރަކު ދެ ފަހަރު ދިމާވާ ކަމެއް." ނާސާގެ ސޯލާ ސިސްޓަމް ބްލޮގުގައި ވިދާޅުވެފައިވެ އެވެ.

ނަަމަވެސް ދެން މުޅި ހަނދަށް ދުނިޔޭގެ ހިޔަނި އެޅޭގޮތަށް ފުރިހަމަ ހަނދުކޭތައެއް ނުވަތަ "ބްލަޑް މޫން" ހަނދުކޭތައެއް ހިފާނީ މީގެ ދެ އަހަރު ދުވަސް ފަހުން ކަމަށް ނާސާގެ ބްލޮގް ގައި ވެސް ބުނެފައިވެއެވެ. 

your imageފުރިހަމަ ހަނދުކޭތައެއް ހިފާގޮތް ދައްކުވައިދޭ ޑައިގްރާމެއް

ކޭތަ މޫސުން ދުނިޔެއަށް އަންނާނެ ކަމަށާއި، އެ މޫސުން ތަކުގައި ކުދި ކުދި ހަނދުކޭތަތައް ކުރިއަށް އޮތް ދެ އަަހަރު ވެސް ހިފާނެކަމަށް ފަލަކީ އިލްމުވެރިން ވިދާޅުވެއެވެ. 

ކޭތަ މޫސުންތަކުގައި އާންމުކޮށް 37 ދުވަހަށް ވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި ދޭއް ނުވަތަ ތިން ކޭތަ ކޭތަ އުފެދެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް