ads
ހޮޅުދޫ ގިރާ ސަރަހައްދު ހިމާޔަތްކުރަން ޖަމްބޯ ބޭގް ޖަހާފައި--
ހޮޅުދޫގެ ގިރާ ސަރަހައްދުގައި ޖަމްބޯ ބޭގް ޖަހައިފި، އަދިވެސް ރަށު ތެރެއަށް ރާޅު އަރަނީ
ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ނ. ހޮޅުދޫއަށް ވަރަށް ބޮޑަށް އުދަ އަރެމުގެ މައްސަލަ ކުރިމަތިވެފައިވާތީ ބައެއް ސަރަހައްދުތަކުގައި ޖަމްބޯ ބޭގް ޖެހި ނަމަވެސް އަދިވެސް ރަށަށް ރާޅު އަރާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
Advertisement

ފުލުހުންނާއި ކައުންސިލް އަދި ބައެއް ރައްޔިތުން ނުކުމެ އިއްޔެ ވަނީ 200 އެއްހާ ޖަމްބޯ ބޭގް އެކި ސަރަހައްދުތަކުގައި ޖަހާފަ އެވެ. ހޮޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ނަސީރު ވިދާޅުވީ، ރަށު ތެރެއަށް ރާޅު އަރަމުންދަނީ އިރުމަތީ ފަރާތުގެ ރަށުގެ އުތުރުކޮޅުން ކަމަށާއި އަދި ބޮޑު ބައެއް ގިރަމުން ދަނީ އިރުމަތީ ފަރާތުގެ ރަށުގެ ދެކުނުކޮޅުން ކަމަށެވެ.

އެހެންވެ އިއްޔެ 200އެއްހާ ޖަމްބޯ ބޭގް ޖަހާފައިވާ ކަމަށާއި ނަމަވެސް ޖަމްބޯ ބޭގް ޖެހި ނަމަވެސް އޭގެ މަތިން ވެސް ރާޅު އަރާ ކަމަށާއި ދާއިމީ ހައްލެއް އަދި ނެތް ކަމަށް ނަސީރު ވިދާޅުވި އެވެ. 

ކުރިން ރަށުގެ ތެރެއަށް އުދަ އަރައި މީހުންގެ ގެތަކަށް ވެސް ލޮނުގަނޑުވަދެއެވެ. އެހެންވެ ދޮރުގައި ފިލައި ޖަހައި ވެލި ބަސްތާ ވެސް ޖަހަން ޖެހުނެވެ. އެކަމަކު ނަސީރު ވިދާޅުވި ގޮތުގައި މިފަހަރު ޖަމްބޯ ބޭގް ޖެހުމުން ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދަށް ރާޅުގެ އުނދަގޫ ނުފޯރާ ކަމަށެވެ. 

ނަސީރު އިތުރަށް ވިދާޅުވީ މިހާރު ރަށުގެ އިރުމަތީ ފަރާތުގެ ފެން ވެސް ބޭނުން ނުކުރެވޭ ވަރަށް ލޮނުވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި އުޅޭ މީހުން، ރީތި ފެން ހޯދަން ދާން ޖެހެނީ އެހެން ސަރަހައްދަކަށްކަން ވެސް ފާހަގަކުރެއްވި އެވެ. 

އެރަށުގެ އިރުމަތީ ފަރާތުގައި ރިވެޓްމެންޓް ޖަހާފައެއް ނޯވެއެވެ. އެ ސަރަހައްދުގެ ބޮޑު ބައެއް ގިރައި ގަސްތަކާއި ރުއްތައް ވެސް މޫދަށް ވެއްޓޭ ހިސާބަށް ވަނީ ގޮސްފަ އެވެ. 

ހޮޅުދޫ ކައުންސިލުން ވަނީ މިކަން ޑިޒާސްޓާ މެނޭޖްމަންޓްގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ. ނަމަވެސް އަދި ހައްލެއް ނުލިބެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް