ބިޕާޝާ ބާސޫ އަދި ކަރަން ސިން ގްރޯވާ ކައިވެނިކޮށްފަ ވަނީ 2016 ވަނަ އަހަރު އެވެ. އޭނާ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އާންމުކޮށް އިއުލާންކޮށްފައިވަނީ، ވިހަން ކައިރިވެފައިވަނިކޮށެވެ.
އޭނާ ވިހާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ލިބުނީ އަންހެން ކުއްޖެކެވެ. މިހާރު ދަރިފުޅަށް ނަންވެސް ކިޔާފައިވާއިރު، ކުއްޖާގެ ނަމުގެ ފަހަތަށް ބިޕާޝާ އާއި ކަރަންގެ ނަން ގުޅުވާފައިވެއެެވެ.
ކުއްޖާ އަށް ކިޔާފައިވަނީ، ދޭވީ ބާސޫ ކަރަން ސިންގް ގްރޯވާ އެވެ.