ads
ކަނާތުން ވާތައް: އަމީތާބު، ރާކޭޝް ކުމާރު އަދި ރޭކާ
ރާކޭޝް ކުމާރުގެ ޖަނާޒާގައި އަމީތާބު ބައިވެރިވެއްޖެ
ބޮލީވުޑްގެ އިހުގެ ގިނަ މަޝްހޫރު ފިލްމުތަކެއް ޑައިރެކްޓުކުރި ޑައިރެކްޓަރު ރާކޭޝް ކުމާރުގެ ޖަނާޒާގައި ބޮލީވުޑްގެ ބައްޕަ އަމީތާބް ބަޗަން ބައިވެރިވެއްޖެއެވެ.

ރާކޭޝް މަރުވެފައިވަނީ ބުރާސްފަތި ދުވަހުއެވެ. އޭނާ މަރުވިއިރު ދިޔައީ ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންނެވެ. މަރުވިއިރު އުމުރަކީ 81 އަހަރެވެ. އޭނާ ވަނީ އަމީތާބުގެ މަޝްހޫރު ފިލްމުތައް ކަމަށްވާ، މރ. މަތްވަރްލާ، ޔާރަނާ ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައެވެ. 

"ރާކޭޝް އަކީ މި ދުނިޔޭގައި ދިމާވި އެންމެ ރަނގަޅު އެއް އިންސާނާ. އޭނާގެ ޖަނާޒާއަށް ދާން ވެސް އަހަރެން ޖެހިލުންވޭ،" އަމީތާބު ބުނެފައިވެއެވެ. 

އަމީތާބުގެ އިތުރުން އޭނާގެ އަންހެނުން ޖަޔާ ބަޗަން، އަބީޝޭކް ބަޗަން ވެސް ވަނީ ރާކޭޝް ޝަރުމާގެ ޖަނާޒާގައި ބައިވެރިވެފައެވެ. 

ރާކޭޝް ކުމާރު އަކީ އަމީތާބްގެ ހިޓު ވެފައިވާ ގިނަ ފިލްމުތައް ޑައިރެކްޓުކުރި މޮޅު ޑައިރެކްޓަރެކެވެ. އޭނާގެ އިތުރު ފިލްމުތަކަށް ބަލާލާއިރު، ހޫން ޕަސީނާ އަދި ދޯ އޯރު ދޯ ބަޖޭ ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ. އަމީތާބު ސުޕަ ސްޓާރަކަށް ހެދުމުގައި ރާކޭޝް ކުމާރުގެ ރޯލު ވަރަށް ބޮޑެވެ. އަދި ރާކޭޝް ކުމާރަކީ އަމީތާބު ވަރަށް ގަދަރުކުރާ އެކުވެރި ޑައިރެކްޓަރެއްވެސް މެއެވެ. ގިނަ ހަފުލާތަކެއް ދެ އެކުވެރިން އެކުގައި ފާހަގަވެސް ކޮށްފައިވެއެވެ.  

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް