ads
ނީލަމުގައި ވިއްކާލި ސްޓީވް ޖޮބްސްގެ ފައިވާން.
ސްޓީވް ޖޮބްސްގެ ފައިވާން 2 ލައްކަ ޑޮލަރަށް ވިއްކާލައިފި
އެޕަލް ކުންފުނީގެ ކޯ-ފައުންޑާ ސްޓީވް ޖޮބްސްގެ ފައިވާނެއް 2 ލައްކަ އަށާރަ ހާސް ޑޮލަރަށް ވިއްކާލާފި އެވެ.

އެޕަލް ކުންފުނި ފެށުނު އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ގޭގައި އުޅުނު އިރު ޖޮބްސް އަރައި އުޅުނު ފައިވާން ވިއްކާލާފައިވަނީ ނީލަމުގައި ތަކެތި ވިއްކާ “ޖޫލިއަންސް އައުކްޝަންސް” އިންނެވެ.

އެ ފަރާތަނުން ބުނި ގޮތުގައި ޖޮބްސްގެ ފައިވާނަކީ މިހާތަނަށް އެ ކުންފުނިން ނީލަމުގައި ވިއްކި އެންމެ އަގުބޮޑު ފައިވާނެވެ.

ސްޓީވް ޖޮބްސް 1970ގެ މެދުތެރޭ އަރައި އުޅުނު އެ ފައިވާނުގައި ގިނަ އަހަރުތަކެއް ވަންދެން އަރައި އުޅުމުގެ ސަބަބުން ޖޮބްސް ފައިތިލައިގެ ތައްގަޑު އަރާފައިހުރި ކަމަށް ޖޫލިއަން އައުކްޝަންސް އިން ބުނެއެވެ.

ފަސްދޮޅަސް ހާސް ޑޮލަރަށް ވިއްކޭނެ ކަމަށް ބެލެވުނު އެ ފައިވާން ގަނެފައިވަނީ އެންއެފްޓީއެއް ބޭނުންކޮށްގެން ނެވެ. ނީލަން ކާމިޔާބު ކުރި ފަރާތުގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޖޮބްސް އާއި ސްޓީވް ވޮޒްނިއަކް އެޕަލް ކުންފުނި އުފެއްދީ 1976 ވަނަ އަހަރު ކެލިފޯނިއާގެ، ލޮސް އަލްޓޯސްގެ ހުންނަ ޖޮބްސްގެ މައިންބަފައިންގެ ގޭގަ އެވެ. އެ ގެއަކީ ތާރީހީ ބިނާއެއްގެ ގޮތުގައި 2013 ވަނަ އަހަރު ލޮސް އަލްޓޯސްގެ ހިސްޓޯރިކް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. 

ޖޮބްސް މަރުވީ 2011 ވަނަ އަހަރު ޕެންކްރިއޭޓިކް ކެންސަރާ ހަނގުރާމަކުރަމުން ދަނިކޮށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް