ads
ޗާލްސް އަދި ޑަޔާނާ
ޗާލްސް އާއި ޑަޔާނާ ދިރިއުޅުއްވި ގެތަކާއި ގަނޑުވަރުތައް
އިނގިރޭސި ވިލާތުގެ އެންމެ މަޝްހޫރު އެއް ޕްރިންސަސް އަކީ ޑަޔާނާ އެވެ.

ޗާލްސްއާއި ޑަޔާނާ އެކުގައި ދިރިއުޅުއްވި ބައެއް ގެތަކާއި ގަނޑުވަރުތަކަށް ބަލައިލާނަމަވެ.  

ޕްރިންސް ޗާލްސްއާއި ދިމާވުމުގެ ކުރިން އެންމެ ފުރަތަމަ ޑަޔާނާ ދިރިއުޅުއްވީ ޕާކް ހައުސް ކިޔާ ގެއެއްގައެވެ. ދެން އުޅުއްވީ އަލްތްރޯޕް ހައުސް ކިޔާ ގެއެއްގައެވެ. މި ގެއަކީ އަދިވެސް ޑަޔާނެގެ އާއިލާގެ ގެއެކެވެ. ޗާލްސްއާއި އެންގޭޖްވެ ވަޑައިގެންނެވިއިރު އުޅުއްވަނީ ކޮލެހާނޭ ކޯޓުގެ ފްލެޓެއްގައެވެ. 

ޗާލްސްއާއި އެންގޭޖުވެ ވަޑައިގަތުމަށްފަހު ދިރިއުޅުއްވީ ޝާހީ އާއިލާގެ ބައެއް ބިންލްޑިންގުތަކުގައެވެ.  

ޑަޔާނާ އަވަހާރަވުމާއި ހަމައަށް ތަފާތު ތިން ތަނެއްގައި އި މި ޝާހީ ޖޯޑު ދިރިއުޅުއްވިއެވެ.

your imageޗާލްސް އަދި ޑަޔާނާ

ކްލަރެންސް ހައުސް:

ކްލަރެންސް ހައުސްގެ ނަމުން މަޝްހޫރު މިގެއަކީ އިނގިރޭސި ވިލާތުގެ ޝާހީ ގަނޑުވަރު ބަކިމްހަމް ޕެލެސް އާއި ވަރަށް ގާތުގައި ހުންނަގެއެކެވެ. މިއީ ރަސްގެފާނު ޗާލްސްއާއި ރާނީ ކަމީލާ މިހާރު ވެސް ދިރިއުޅުއްވާ ގެއެވެ. ނަމަވެސް ރާނީ އަވަހާރަވުމުން ޗާލްސް ބަކިމްހަމް ޕެލަސްއަށް ބަދަލުވެ ވަޑައިގަންނަވާނެކަމަށް ބެލެވެއެވެ. 

your imageކްލަރެންސް ހައުސް

ހައިގްރޫވް ހައުސް:

ހައިގްރޫވް ހައުސް އަކީ ޗާލްސްއާއި ޑަޔާނާ ކައިވެނި ބައްލައިވެގެން ދިރިއުޅުއްވި ގެކޮޅެވެ. މިއީ 1980 ވަނަ އަހަރު ޗާލްސް ބައްލަވައިގެންނެވި ގެކޮޅެކެވެ. މި ގެކޮޅު ޗާލްސް ބައްލަވައިގަތުމުން ގިނަބައެއްގެ ފާޑުކިއުން ވެސް އަމާޒވިއެވެ. އެގޮތުން ޗާލްސް އެ ގެކޮޅު ބައްލަވައިގަތީ މިހާރުގެ އަނބިކަބަލުން ކެމީލާ ހެރިސް އާއި ގާތުގައި ހުންނެވުމަށް ކަމަށް ވެސް ބުނެ ބައެއް މީހުން ދިޔައީ ފާޑުކިޔަމުންނެވެ. 

your imageހައިގްރޫވް ހައުސްގައި ޑަޔާނާއާއި ޗާލްސް އަދި ދެ ފިރިހެން ދަރިކަލުން

ކިނގްސްޓޮން ޕެލެސް:

މި ގަނޑުވަރަކީ ޗާލްސް އާއި ޑަޔާނާ ދިރިއުޅުއްވި ގެތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ދިރިއުޅުއްވި އެއް ތަނެވެ. މި ގަނޑުވަރަކީ ޕްރިންސް ވިލިއަމްސް އަދި ޕްރިންސް ހެރީ ވެސް ބޮޑުވި ތަނެވެ. އެމީހުން ދިރިއުޅުނީ މި ގަނޑުވަރުގެ 8 އަދި 9 ވަނަ އެޕާޓުމަންޓުގައެވެ. 

ޗާލްސް އާއިި ޑަޔާނަ ވަރިވެވަޑައިގަތީވެސް މި ގަނޑުވަރުގައި އުޅުއްވަމުންވެ. މި ގެއަކީ ޑަޔާނާގެ ހަނދާންތަކާ ވަރަށް ގުޅިފައިވާ ގެއެއްކަމުން ޑަޔާނާގެ 60 ވަނަ އުފަންދުވަހާއި ދިމާކޮށް 2021 ވަނަ އަހަހަރު މި ގަނޑުވަރުގެ ގޯތިތެރޭގައި ވަނީ ޑަޔާނާގެ ސްޓެޗޫ އެއް (ބުދެއް) ވެސް ބަހައްޓާފައެވެ.  

މި ގަނޑުވަރުގައި ދާދިފަހަކާ ޖެހެންދެން އިނގިރޭސި ޕްރިންސް ވިލިއަމްސްއާއި އޭނާގެ އާއިލާވެސް ދިރިއުޅުނެވެ. ނަަމަވެސް އެ ބޭފުޅުން މިހަރު ވަނީ އެޑެލައިޓް ކޮޓޭޖަށް ބަދަލުވެ ވަޑައިގެންފައެވެ. 

your imageކިންގްޓޮން ޕެލަސް

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް