ads
މި ހަރަކާތުގެ މެއިން ޕާޓުނަރުންގެ ގޮތުގައި ސޮއިކުރީ ސްޓެލްކޯ އަދި ޔޫތު މިނިސްޓްރީ އާއިއެކު
ވޯލްޑް ކަޕް ބަލަން ހުޅުމާލޭގެ 2 ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓަނީ
ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ހޯދަދިނުމަށް ”ބޯޅަފޯރީ“ ގެ ނަމުގައި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓަން އެޗްޑީސީން ނިންމައިފި އެވެ.

މިގޮތުން، ހުޅުމާލެގެ ދެ ސަރަހައްދެއްގައި 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑްކަޕް މެޗުތައް އެޅުވުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފަ އެވެ. އެގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އެއް ސްކްރީން އަދި ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި ސްކްރީން އެޅުވުމަށް ވަނީ ނިންމާފައެވެ. 

އެޗްޑީސީން ބުނީ، އެއީ ހުޅުމާލެގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށްވެސް ވޯލްޑްކަޕް މެޗުތައް ބެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބެހެއްޓޭ ސްކްރީންތަކެއް ކަމަށެވެ.  

ފީފާ ވޯލްޑް ކަޕް ހުޅުމާލެގައި ދެއްކުމުގެ ގޮތުން ޕާޓްނަރުންނާއިއެކު މިއަދު ވަނީ ސޮއިކޮށްފައެވެ. އެގޮތުން މެއިން ޕާޓްނަރުންގެ ގޮތުގައި ސޮއިކުރީ ޔޫތް މިނިސްޓްރީ އާއި ސްޓެލްކޯ އާއިއެކު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް