މި ނަން ބޯޑު ހަރުކުރީ ކުއްލިއަކަށް ޝާހުގެ ފޭނުންނަށް ސަޕްރައިޒެއް ލިބޭ ފަދަ ގޮތަކަށެވެ.
ފޭނުން ބުނާ ގޮތުން ޝާހުގެ ގޭގައި ހަރުކޮށްފައި ހުރި ނަންބޯޑު ރީތިކަން އެންމެ ބޮޑަށް ފާޅުވަނީ ރޭގަނޑު އެ ބޯޑު ޖަވާހިރުތަކުން ދިއްލިފައި ހުންނަ ވަގުތުއެވެ.
އޭނާގެ ގިނަ ފޭނުންތަކެއް އަންނަނީ މި ނަންބޯޑުގެ ވާހަކަ ވެސް ދައްކަމުންނެވެ. އަދި ބައެއް މީހުން ދަނީ އައު ނަންބޯޑު ކައިރިއަށް ގޮސް ފޮޓޯ ވެސް ނަގަމުންނެވެ.
ޝާހުގެ ގޭގެ ނަންބޯޑު ބަދަލުކުރުމާއި އެނާގެ ގަނޑުވަރެއް ފަދަ ގޭގެ ރީތިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ޝާހު އަބަދުވެސް ކުރާ ކަމެކެވެ.
މިއީ ފާއިތުވީ ދެ އަހަރެއްހާ ދުވަހުގެ ތެރެގައިވެސް އޭނާ ގޭގެ ނަންބޯޑު ބަދަލުކުރި ދެ ވަަނަ ފަހަރެވެ.