ads
އަލިފާން ރޯވި ގެ ވަނީ ވަރަށް ބޮޑަށް އަނދާފައި
10 މީހުން މަރުވި އަލިފަނުގެ ހާދިސާއަށް ޒިންމާވާނެ މީހަކު ނެތް: ބޮންޑޭ
މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ޒިންމާވާނެ މީހަކު ނެތްކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއދު ވިދާޅުވެއްޖެއެވެ.
Advertisement

ބޮންޑޭ މިހެން ވިދާޅުވީ "ހުޅުމާލެ ޕްލޭން ކުރުމާއި އިމާރާތް ކުރުމުގެ ގަވާއިދު" ގެ ރިޕޯޓު ކޮމެޓީން ހުށަހެޅުމާއި ގުޅިގެން އެ ޕްލޭނަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައެވެ. 

"ވަހީބަސްފުޅަކަށް ވެސް އެންގެވިގޮތަކަށް ވެސް ގަނޫނަކަށް ވެސް ގަވާއިދަކަށް ވެސް އެއްގޮތަކަށް ވެސް އަމަލެއް ނުކުރޭ. އިހައްދުވަހު މާލޭން ގެއެއްގެ ދިހަ ވަރަކަށް މީހުން އަނދައިގެން އެ ދިޔައީ. އެތައް މިލިއަން ގެއްލުމެއް ލިބުނީ. އެކަމަށް  ވެސް ގަވާއިދު އެބައޮތް. އެއަށް އަމަލުކުރޭތޯ އެއް ނުބަލާ. އެކަމަށް އިސްތިއުފާ ދޭން ޖެހޭނެ މީހެއް ޒިންމާވާނެ މީހެއް މިގައުމުގަ ނެތް،" ސަރުކާރުން ޤާނޫނާ ގަވާއިދަށް އަމަލުނުކުރާކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވިއެވެ. 

your imageމާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ތަހުޒީބީ މުޖުތަމައުއެއްގަ މިއީ ހޯމް މިނިސްޓްރީގެ ޒިންމާއެއް ކަމަށް ވެސް ބޮންޑޭ ވިދާޅިވިއެވެ. ނަމަބެސް ސުވާލުކުރުމުން ހޯމް މިނިސްޓްރީން ވެސް އެއީ "ތިމަންނަ މެންނާ ބެހޭ ކަމެއް ނޫން" ކަމަށް ބުނެފައިވާކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ. 

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާވެސް އެ ސުވާލު ކުރެއްވިން ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ. ނަމަވެސް އެ މިނިސްޓަރު ޖަވާބެއް ނުދެއްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

"ހުޅުމާލެ ޕްލޭނިން އަދި އިމާރަތްކުރުމުގެ ގަވާއިދު" ގެޒެޓު ނުކުރުމުގެ ސަބަބުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވަރަށް ބޮޑަށް ހޫނު ފެނަށް ވެއްޓިފައެވެ. އެ ގަވާއިދު ގެޒެޓުކުރަން އެއް ހަފްތާ ދޭން ކޮމެޓީން ނިންމާފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ މިނިސްޓަރާއެކު މި މައްސަލައިގައި ކޯޓަށް ދެވިދާނެކަމަށެވެ. 

އަލިފާނުގެ ހާދިސާގައި ވީ ކިހިނެތް؟ 

މިމަހު ކުރީކޮޅު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވިއެވެ. އެއީ މުޅިންވެސް ބިދޭސީންނެވެ. މި ހާދިސާގެ މައުލޫމާތު ދެމުން މިއަދު އިންސްޕެކްޓަ އޮފް ޕޮލިސް މުހަންމަދު ސާމީ ވިދާޅުވީ ގަރާޖުގައި ރޯވި އަލިފާންގަނޑު ދޮޅު މިނިޓެއްހާއިރު ތެރޭ މުޅި ގެއަސް ފެތުނު ކަމަށެވެ. އިމާރާތުގެ އެތެރެ ހަދާފައި ހުރީ ފިލައިން ކަމަށާއި އޭގެ ތެރެއިން އެއް ފްލޯގައި ހަތަރު ކޮޓަރި، އަދި އަނެއް ފްލޯގައި އަށް ކޮޓަރި ހަދާފައިވާ ކަމަށެވެ.

"އަލިފާން ފުރަތަމަ ރޯވީ ގަރާޖުގައި ކަމަށް މި ބެލެވެނީ. އެ އަށް ފަހު ހުޅުގަނޑު މުޅި އިމާރާތަށް ފެތުރެން ނެގީ ދޮޅު މިނެޓް މިނެޓެއްހާއިރު،" ސާމިހް ވިދާޅުވި އެވެ.

އެ އަލިފާން ރޯވުމުން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 8 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެ މީހުންގެ ހަށިގަނޑުތައް ބޭރަށް ފޮނުވަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އިންޑިއާގެ ތިން މީހެއްގެ ހަށިގަނޑު ވަނީ އެ ގައުމަށް ފޮނުވާލައިފަ އެވެ. ބާކީ ތިބި މީހުންގެ ހަށިގަނޑުތައް ގައުމުތަކަށް ގޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. 

މި ހާދިސާގައި ފިހުނު މީހަކު ވެންޓިލޭޓަރަށް ލުމަށްފަހު އޭނާ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް