ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކުގެ އައިޑެންޓިޓީ އަންގައިދޭ ލިޔުންތައް މުއްދަތު ހަމަވެފައި އޮތްނަމަވެސް ބަލައިގަންނަ ގޮތަށް ހެދީ ކޮވިޑް-19 އިގެ ތެރޭގަ އެވެ.
މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމެންޓުތައް ބަލައިގަތުން ހުއްޓާލުމާއި ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވާގޮތުން އެފަދަ ލިޔެކިއުންތައް ބަލައިގަތުން އަންނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުން ފެށިގެން ހުއްްޓާލާނެ އެވެ.
ފެބްރުއަރީތެރޭ ބަލައިގަތުން ހުއްޓާލާނެ މުއްދަތު ހަމަވެފައިވާ ލިކިޔުންތަކަކީ:
މުއްދަތު ހަމަވެފައިވީނަމަވެސް ކާކުކަން އަންގައިދޭ ލިޔުންތައް އެތެރޭގެ އުދުހުންތަކުގައި ބަލައިގަންނަން ފެށީ ކޮވިޑްތެރޭ އެފަދަ ލިޔެކިއުންތަކުގެ މުއްދަތު އާކުރުމާއި، ހޯދުމުގައި ދަތިތަކެއް ދިމާވަމުން ދިއުމުން ނެވެ.
އެމައްސަލަ ހައްލުކުރުމަށް، ލިޔެކިއުމުގައި ހިމެނޭ މައުލޫމާތު ސާފުކޮށް އެގޭނަމަ ދަތުރުކުރާ ފަރާތްތަކުން ޓިކެޓު ނަގުމާއި، އެއަޕޯޓު ޗެކިން، ސެކިއުރިޓީ ޗެކިން ޕޮއިންޓުތަކުގައި މިހާރު މިލިއުންތައް އަންނަނީ ބޭނުންކުރުމުން ނެވެ.