ads
މޫސާ ނާޝިދު
ބެޑްމިންޓަނުގެ ރައީސް ކަމަށް އަނެއްކާވެސް މޫސަ
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރަށް، މިހާރުވެސް އެ މަގާމުގައި ހުންނެވި މޫސާ ނާޝިދު އިންތިޚާބު ވެއްޖެއެވެ.

މޫސަ އަލުން މަގާމަށް އިންތިޚާބުވީ، ރޭ އޮތް  ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބުގައި އެ މަގާމަށް އިތުރު އެއްވެސް ކެންޑިޑޭޓެއް ކުރިމަތި ނުލުމުންނެވެ. ކޮންމެ މަގާމަކަށްވެސް ކުރިމަތިލީ އެންމެ މެންބަރެކެވެ.

ބެޑްމިންޓަންގެ އިންތިޚާބުގައި ނައިބް ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ވެސް އެ މަގާމް މިހާރު ވެސް ފުރުއްވަމުން އަންނަ އަހުމަދު ޝާކިރު އެކަންޏެވެ. ހަޒާންދާރުގެ މަގާމަށް މުހައްމަދު ރިޝާން،  އެކްސްކޯގެ ފުރިހަމަ މެމްބަރުން ތަމްސީލްކުރާ މެމްބަރަކަށް ކުރިމަތިލެއްވީ ހުސެއިން އާތިފެވެ. އެކްސްކޮގެ އެސޯސިއޭޓް މެމްބަރުން ތަމްސީލްކުރާ މެމްބަރަކަށް އަހުމަދު ސިރާޖު އެވެ. އަދި އެކްސްކޯގެ ފަރުދީ މެމްބަރުން ތަމްސީލްކުރާ މެމްބަރު ކަމަށް ވާދަކުރެއްވީ ސިޔާދު ހަބީބެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްސީލްކުރާ އަންހެން މެމްބަރުގެ މަގާމަށް ކުރިމަތިލެއްވީ މުރުޝިދާ އަބްދުލް މައްނާނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސްކަމުގެ އައު ދައުރަކަށް ރޭ ހޮވުނު މޫސައަކީ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީ ވެސް މެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް