ads
ފުލުހުން އޮޕަރޭޝަނެއްގައި
ވަރިކުރިފުޅަށް އަނިޔާކުރި ފުލުހަކު ޖަލަށް
ކުރީގެ އަނބިމީހާގެ ގެއަށް ވަދެ، އޭނާއަށް އަނިޔާކުރި ފުލުހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކުރީގެ އަނބިމީހާއަށް އަނިޔާކޮށްގެން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ފުލުހަކު ނުވަ މަހަށް ޖަލަށް ލުމަށެވެ. އެއީ ދ. ބަނޑިދޫ ގެލެކްސީ އަހްމަދު އިރުޝާދުއެވެ. 

އޭނާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރިއެވެ. އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ، އަދި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ތިން ކުށްވެސް އޭނާގެ މައްޗަށް ސާބިތުވިއެވެ. ތިން ދައުވާއަށް އިއްވީ ޖުމުލަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް