މީދޫ ބަނދަރު——
މީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 74 އިންސައްތަ ފުރިހަމަކޮށްފި
Share
ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ފުރިހަމަކޮށްފި އެވެ.
Advertisement

އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ، މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަ ޕޭވްމެންޓް މަސައްކަތުގެ 77 އިންސައްތަ  ފުރިހަމަކުރެވިފައިވާއިރު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 74 އިންސައްތަވެސް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއަކީ 38.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. 

your imageމީދޫ ބަނދަރު މަސައްކަތް——

އަދި، 294 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1470 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

މީގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމަޝްރޫގެ ތެރޭގައި ހިމެނެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް