ރައީސްގެ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވި އެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތަކަށް އެދިވަޑައިގަންނަވާފަ އެވެ.